ކުރީގެ ރައީސް ނަޝީދުގެ އެއްކޮޓަރީގެ ޖަލު އެޕާޓްމަންޓުގައި އޭސީ އާއި ޓީވީވެސް ހުންނާނެ: އުމަރު

ކުރީގެ ރައީސް ނަޝީދުގެ ޖަލު އެޕާޓްމަންޓުގައި އޭސީ އާއި ޓީވީއާއި ގާޑެންވެސް އޮންނާނެ ކަމަށާއި ނަޝީދު ހުންނަވާނީވެސް ރަޙުމަތްތެރި އެހެން ކުއްވެރިންނާއި އެކުގައި ކަމަށް ހޯމް މިނިސްޓަރު އުމަރުނަސީރު ވިދާޅުވެއްޖެ އެވެ.ޢުމަރު މިކަން ހާމަ ކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.MNasheed's 264sqft Prison apartment: 1room, sittingroom, furnished, AC, TV, VCD player. Garden 1087sqft. Live with other inmate-friends.— Umar Naseer (@UmarNaseerPPM) March 16, 2015ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް ތަންފީޒުކުރާއިރު އެމަނިކުފާނަށް ސަލާމަތާއި ރައްކާތެރިކަން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ސަރުކާރުގެ ފަރާތުން ދެއްވާ ކަަމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު އިއްޔެވެސް ވަނީ ވިދާޅުވެފަ އެވެ.އުމަރު މިހެން ވިދާޅުވީ މިރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގަ އެވެ.އުމަރު ވިދާޅުވީ ރައީސް ނަޝީދު ޖަލުގައި ހުންނަވާއިރު އެމަނިކުފާނާ ދޭތެރޭ އަމަލުކުރައްވަނީ އިހްތިރާމާ ގަދަރުވެރިކަމާއެކު ކަަމަށެވެ.The Govt guarantees the safety, welfare & protection of former Prez Nasheed while in state custody. He'll be treated with respect & dignity.— Umar Naseer (@UmarNaseerPPM) March 15, 2015
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ