ރައްޔިތުން ޔާމީނަށް ވޯޓް ނުދިނީ އަނިޔާއާއި ހިޔާނާތާއި ލާއިންސާނީ އަމަލުތަކާހެދި: ގާސިމް

ރައީސް އަބްދުﷲ ޔާމީނަށް ދިވެހި ރައްޔިތުން ވޯތް ނުދިނީ އަނިޔާއާއި ހިޔާނާތާއި ލާއިންސާނީ އަމަލުތަކުގެ ސަބަބުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ރައްޔިތުން ރައީސް ޔާމީނަށް އަނިޔާވެރި ނުވާ ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުން ރައީސް ޔާމީނަށް ވޯޓް ނުދިނީ ދިވެހިންނަށް ރައީސް ޔާމީން ދިން ބޮޑެތި އަނިޔާތަކާއި، ބޮޑު ހިޔާނާތާއި ގެއްލުމުގެ އިތުރަށް ރާވައިގެން ލާއިންސާނީ ގިނަ އަމަލުތަކާއި ގާނޫނު އަސާސީއަށް ހުރުމަތްތެރިނުވުމުގެ އިތުރަށް އަނެކާއާއި މެދު އެއްވެސް ރަހްމެއް ނެތީމަ އިތުރު ފަސް އަހަރު ރައްޔިތުން ދޭން ބޭނުންނުވީ ކަމަށެވެ. Dhivehin RY Ah Aniyaaverieh nuvey. RY Rayyithun nah dhin bodu Aniyaa thakaa bodu khiyaanaathaa gehlumaa Raavaigen Hingi laa insaanee gina Amalaa khiyaanaathaa Aniyaa aa QA ah hurumaiytheri nuvumaa Anekaa aa Medhu Ehves Rahumeh netheemaa ithuru 5 aha ru nudhinee . E ee Hahgu magu— Qasim Ibrahim (@qasimibrahim) September 30, 2018ގާސިމް މިހެން ވިދާޅުވެފައި ވަނީ ރައީސް ޔާމީން ޕީޕީއެމްގެ ކޮންގްރެސް ނިންމާލައްވަމުން ރައްޔިތުން އޭނާއަށް އަނިޔާވެރި ނުވުމަށާއި ރައްޔިތުން އޭނާ ކުރި ކަންތައްތައް ބަލައިގެންފައި ވަނީ ކިހިނެތް ކަމާމެދު ސުވާލު އުފެއްދުމުންނެވެ.
ގާސިމް އަކީ ރައީސް ޔާމީންގެ ދައުރުގައި ޖަލަށްލެވި ގިނަ އަނިޔާތަކެއް ލިބިވަޑައިގެންނެވި ބޭފުޅެކެވެ. ގާސިމްގެ އިތުރަސް ގާސިމްގެ ދަރިކަލުން ސިޔާދު ގާސިމްވެސް މިވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ރިޝްވަތުގެ ތުހުމަތުގައި ވަނީ ޖަލުގައި ބާއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ