މޫސުން ގޯސްވެ، ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފިއެވެ.މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައި ވަނީ، މާލެ އަތޮޅުން ފެށިގެން ތ އަތޮޅުގެ ރަށްތަކާއި ހަމައަށެވެ. މެޓް އޮފީހުން މިއަދު 14:00 ނެރުނު އެލާޓްގައި ބުނެފައިވަނީ، މާލެ އަތޮޅާއި، ތ އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވެ ވައިބާރުވާނެ ކަމަށެވެ. އެގޮތުން 45 މޭލަށް ވައިގަދަ ވާނެކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. މެޓް އޮފީހުން ބުނީ ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް، ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ. މެޓް އޮފީހުން އެލާޓް ނެރެފައި ވަނީ މެންދުރު 14:30 އިން ހަވީރު 17:30 ގެ ނިޔަލަށެވެ. މެޓް އޮފީހުން މީގެ ކުރިން ބައެއް ސަރަހައްދުތަކަށް މިއަދު ވަނީ ވައިޓް އެލާޓް ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ