ޔޫއޭއީ ރައްޔިތުން ރާއްޖެ ދަތުރުކުރާ އިރު ސަމާލުވުމަށް އިލްތިމާސްކޮށްފި

ރާއްޖެއަށް ދަތުރުކުރާ ޔޫއޭއީގެ ރައްޔިތުން ސަމާލުވުމަށް އެ ގައުމުން އިލްތިމާސްކޮށްފި އެވެ. ޔޫއޭއީގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަނޭޝަނަލް ކޯޕަރޭޝަންގެ އޮފިޝަލް ޓުވިޓާ އެކައުންޓުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ސިޔާސީ ގޮތުން ރާއްޖެ ހަލަބޮލިވެފައިވާ މިދަނޑިވަޅު ރާއްޖެ އަށް ދަތުރުކުރާ އެ ގައުމުގެ ރައްޔިތުން ސަމާލުވުމަށް އެދޭ ކަމަށެވެ. ފޮރިން މިނިސްޓްރީން ވަނީ ރާއްޖެއަށް ދަތުކުރާ ޔޫއޭއީގެ ރައްޔިތުން އެ މީހުން ދަތުރުކުރާ ސަރަަހައްދުތަކުގެ މައުލޫމަތު ސަރުކާރަށް ފޯރުކޮށްދިނުމުގެ ގޮތުން، އެ މިނިސްޓްރީގެ ވެބްސައިޓްގައި ރަޖިސްޓްރީވުމަށް ވެސް ގޮވައިލައިފަ އެވެ. އޭގެ ސަބަބުން އިމަޖެންސީ ހާލަތުގައި ވެސް އެހީ ފޮރުކޮށްދިނުމުގައި ފަސޭހަވެގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އިމަޖެންސީ ހާލަތުގައި ގުޅޭނެ ހޮޓްލައިނެއްގެ ހިދުމަތް ވެސް ހުޅުވާލައިފައިވާ ކަމަށް ވެސްް މިނިސްޓްރީން ބުންޏެވެ. ސިޔާސީ ގޮތުން ހަލަބޮލިވެފައިވާ މި ދަނޑިވަޅު، އެމެރިކާ، ޗައިނާ، އިނގިޜޭސިވިލާތް އަދި އިންޑިއާ އިން ވެސް ވަނީ ޓްރެވަލް އެޑްވައިޒަރީތައް ނެރެފަ އެވެ. މި ދަނޑިވަޅު، ރާއްޖެ އަންނަ ފަތުރުވެރިން އެމީހުން ކުރިން ހަދައިފައިވާ ބުކިންތައް ކެންސަލްކުރަމުންދާ ކަމަށް ބުނެ ގެސްޓުހައުސްތަކުން ވަނީ ކަންބޮޑުވުންް ފާޅުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ