ރަސްމާދޫ އިންޖީނުގެ އަޅަން ބަޔަކާ ހަވާލުކޮށްފި

ރ. ރަސްމާދޫގައި އަލަށް އިމާރާތް ކުރާ އިންޖީނުގޭގެ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި އެވެ.
ރަސްމާދޫގެ މި ޕްރޮޖެކްޓްގައި އިންޖީނުގެއެއް އަޅަން 5.5 މިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ. އާ އިންޖީނުގޭގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ޓައިނީ ނީމޯ ކިޔާ ކުންފުންޏަކާ އެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، މި އިންޖީނުގެ އެޅުމުގެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދެވެ. އަދި ޓައިނީ ނީމޯގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މުހައްމަދު ޝިޔާމެވެ.
ޓައިނީ ނީމޯ އާއި މި މަސައްކަތް ހަވާލު ކޮށްފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހަށް މަސައްކަތް ނިންމާ ފެނަކައާއި ހަވާލު ކުރާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ