“ޑިސެންބަރު 23 މުޒާހަރާއަކީ ރައީސް ނަޝީދުގެ ސަރުކާރުގެ ނިމުންގެ ފެށުމަށް ވެގެންދިޔަ” – މެމްބަރު ޝިފާގު

“ޑިސެންބަރު 23 މުޒާހަރާއަކީ ރައީސް ނަޝީދުގެ ސަރުކާރުގެ ނިމުންގެ ފެށުމަށް ވެގެންދިޔަ” – މެމްބަރު ޝިފާގު “ޑިސެންބަރު 23 މުޒާހަރާއަކީ ރައީސް ނަޝީދުގެ ސަރުކާރުގެ ނިމުންގެ ފެށުމަށް ވެގެންދިޔަ” ކަމަށް މަޖިލިސް މެމްބަރ މެމްބަރު ޝިފާގު ވިދާޅުވެއްޖެއެވެ.ރައްޔިތުން މަޖިލީހުގެ ފުވައްމުލަކު މެދުދާއިރާގެ މެންބަރު ޝިފާގު މުފީދު އޮންލައިން ދުވަހު ނޫސް ‘ސަން’ އަށް ދީފައިވާ ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ “ޑިސެންބަރު 23، 2011 މުޒާހަރާއާ ދެކޮޅަށް އެމްޑީޕީ ނުނުކުތުމަށް އެތައް ފަހަރަކު އެދުމުން ވެސް އެކަމަށް ރީކޯ މޫސަ އިޖާބަ ނުދެއްވި ކަމަށާއި ނަތީޖާއަކަށްވީ ޑިސެންބަރު 23 މުޒާހަރާއަކީ ރައީސް ނަޝީދުގެ ސަރުކާރުގެ ނިމުންގެ ފެށުމަށް ވެގެންދިޔަ”ކަމަށެވެ.އެމްޑީޕީގެ ބައެއް ކަންކަމަށް ފާޑު ވިދާޅުވަމުން ޝިފާގު މިފަދައިން ވާހަކަ ދައްކަވާފައިވާއިރު މީގެ ކުރިންވެސް ވަނީ ޑިސެމްބަރު23 ގެ މުޒާހަރާ ދިފާއުކޮށް ވާހަކަ ދައްކަވާފައެވެ. އެގޮތުން ޑިސެމްބަރ23 ގެ މުޒާހަރާއާއި ބެހޭގޮތުން ޝިފާގު ވިދާޅުވެފައިވަނީ އިސްލާމީ ފުތޫހާތު ވަރުގަދަ ކުރުމަށް ދީނީ އިލްމްވެރިން އިސްވެ ތިބެ ކުރާ “ސުލްހަވެރި މުޒާހަރާ” އަކަށް އެމްޑީޕީން ވެސް އަދި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެސް ނުކުންނެވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ