މެމްބަރު ހުސެންގެ ހަށިކޮޅުގައި އީވާ ފައިން ޖަހައިފި

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެން މުހައްމަދު ލަތީފުގެ ހަށިކޮޅުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ފައިން ޖަހައިފިއެވެ.އީވާ މެމްބަރު ހުސެން އަށް ހަމަލާ ދީފައިވަނީ، އެމްޑީޕީގެ މެމްބަރުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ގަދަކަމުން މަޖިލީސް ތަޅުމުން ނެރެން އުޅުމުން އެކަމަށް ހުރަސް އަޅުއްވަން އުޅުއްވަނިކޮށްެވެ. އީވާ މެމްބަރު ހުސެން ގެ ހަށިކޮޅުގައި ޖަހާފައި ވަނީ ފުރަގަހުންނެވެ. އީވާ އެހެން ޖެހި ނަމަވެސް ހުސެއިން އެއްވެސް ކަމެއް ނުކުރައްވާކަން ފާހަގަކުރެވެއެވެ.Deputy speaker of parliament @evattey assaulting opposition MP @SembeHucen in tonight’s parliament session. @IPUparliament @hrw @amnesty @UKinMaldives pic.twitter.com/ot416GUZQT— Nahil Ahmed (@Nahil_AS) June 1, 2020މީގެ ކުރިންވެސް އީވާ އަކީ މަޖިލީސް ޖަލްސާތަކުގައި ބައެއް މެމްބަރުންނާއި މިގޮތަށް މާރާމާރީ ހިންގާފައިވާ މެމްބަރެއްކަން ފާހަގަކޮށްލެވެއެވެ. މިރޭ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ މެމްބަރުން ވަނީ މެމްބަރު ޝިޔާމް އަށްވެސް ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. އަދި އެކަމާއި ގުޅިގެން ޝިޔާމް މިހާރު ވަނީ އެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅުއްވާފައެވެ. 
މިލިޔުން ކިޔާލުމުން
75 %
އުފާވި
0 %
ދެރަވި
25 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ