މޫސުން ގޯސްވެ އުދަ އަރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

ބޯކޮށް ވާރޭވެހި އުދަ އަރާފާނެ ކަމަށް ލަފާކޮށް މެދު ރާއްޖެ ތެރެއާއި ދެކުނުގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ސަމާލު ނެރެފައިވަނީ މިރޭ 23:45 އިން ފެށިގެން މިރޭ ފަތިހު 03:30 އާ ހަމައަށް ތ. އަތޮޅުން ފެށިގެން ހުވަދު އަތޮޅާ ހަމައަށެވެ. އަދި އުދަ އަރާނެ ކަމަށް ލަފާކޮށް ސަމާލު ނެރެފައިވަނީ މިރޭ 23:30 އިން ފެށިގެން މިރޭ ދަންވަރު 02:30 އާ ހަމައަށް މާލެ އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމައަށެވެ.
އެ އިދާރާއިން ހުދު ސަމާލު ނެރެފައިވާއިރު، ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު އުތުރުގެ ބައެއް ރަށްތަކަށް ކެރީގެއަސަރު ފޯރާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތު ދެއެއެވެ.
މެޓް އޮފީހުން ބުނާ ގޮތުގައި ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އެހެންހިސާބުތަކަށް އިރުއުތުރާއި އިރުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށައި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވާ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަ ވެފައި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ