ކުރީގެ މެމްބަރު ހަސަން މުފީދުގެ ނަން އެމްޑީޕީ ދަފްތަރުގައި!

ށަވިޔަނި މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ހަސަން މުފީދުގެ ނަން އެމްޑީޕީގެ ދަފްތަރުގައި އޮތް މައްސަލައެއް ފެންމަތިވެއްޖެއެވެ. ހަސަން މުފީދުވަނީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ޓުވީޓުކުރައްވާފައެވެ. މިގޮތުން ދުވަހަކުވެސް އެމްޑީޕީ އަށް އެބޭފުޅާ ސޮއި ކޮށްފައި ނުވާނެ ކަމަށާއި، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ބޭނުން ކުރާ ލިސްޓުގައި އެ ބޭފުޅާ އާއި ޕީޕީއެމްގެ އެތައް މެމްބަރުންގެ ނަން ހިމަނާފައިވާތީ އެމްޑީޕީގެ ލިސްޓުގެ ސަައްހަ ކަމާއި މެދު ސުވާލު އުފެދޭކަމަށް ހަސަން މުފީދު ވިދާޅުވިއެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އެ މައްސަލަ ބެލުމަށް ހަސަން ވަނީ ގޮވާލައްވާފައެވެ. އެމްޑީޕީގެ ދަފްތަރަށް ޕީޕީއެމް މެމްބަރުންލާ މައްސަލަ މީގެ ކުރިންވެސް ވަނީ ކުރިމަތިވެފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
80 %
ރުޅިއައި
20 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ