އެމްޑީޕީ އަކީ ޣައިރު މުސްލިމުންނާ ގުޅި އެމީހުންގެ އެހީގައި ކުރިއަށްދާން ބޭނުންވާ ޕާޓީއެއް: ރައީސް މައުމޫން

އެމްޑީޕީ އަކީ ޣައިރު މުސްލިމުންނާ ގުޅި އެމީހުންގެ އެހީގައި ކުރިއަށްދާން ބޭނުންވާ ޕާޓީއެއް ކަމަށް ޕީޕީއެމްގެ ރައީސް، ރައީސް މައުMޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ އެއީ ވަރަށް ދެރަކަމެއް ކަމަށެވެ. "އެހެނެއް ނޫން. އެބޭފުޅުންވެސް އިސްލާމީ ރަނގަޅު އުޞޫލުތައް ޤަބޫލު ކުރައްވައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓަވަން މަސައްކަތް ކުރައްވައި ރައްޔިތުންގެ އިޖުތިމާޢީ އަދި އިޤްޠިޞާދީ މަސައްކަތް ކުރިއަށް ގެންދަވަން މަސައްކަތް ކުރައްވާ ނަމަ އަޅުގަނޑުމެންނާއި އެބޭފުޅުންނާއި މެދު އެއްވެސް ޚިލާފެއް ނުއޮތީސް. އެބޭފުޅުންނާ އަޅުގަނޑުމެންނާ ވާނީ އެއްވަރު."
ރައީސް މައުމޫން ވިދާޅުވީ އެމްޑީޕީއަކީ އިސްލާމް ދީނަށް ދޭންޖެހޭ ޙުރުމަތްތެރިކަން ދޭ ޕާޓީއެއް ނޫން ކަމަށާއި އެމްޑީޕީގެ މެންބަރުން ތަފާތު ތަންތަނުގައި ދައްކައިފައިވާ ވާހަކަތަކުން މިކަން ރަނގަޅަށް އެންމެންނަށްވެސް އެނގޭކަމަށެވެ.
ރައީސް މައުމޫނު ވިދާޅުވީ ރައީސް ނަޝީދު ކައުއިތުރު ރަސޫލާއަށް ފުރައްސާރަކުރައްވައި ހަޖޫ ޖެއްސެވި ވާހަކަ އާއި އިސްލާމް ދީން ނޫން އެހެން ދީނެއް ބޭނުންވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅު ތަކަކީ އިސްލާމް ދީނާއި ވަރަށް ބޮޑަށް ތަޢާރަޒްވާ ވާހަކަފުޅުތަކެއް ކަމަށެވެ. ހަޤީޤީ މުސްލިކަމު އެބާވަތުގެ ވާހަކަތަކެއް ނުދައްކާނެ ކަމަށާއި ހަޤީޤީ މުސްލިމަކު ކައުއިތުރުު ރަސޫލާއަށް ނިޞްބަތްކޮށް އިހާނެތި ބަހެއް ނުބުނާނެ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ އެމްޑީޕީ ސަރުކާރުން ޤަޞްދުކޮށްފައި އޮތީ މާލޭގައި ކްރިސްޓިއަން ދީނުގެ ފައްޅިއެއް އަޅަން ކަމަށެވެ. "އެހެންވީމާ އެބޭފުޅުން އުޅުއްވަނީ އިސްލާމް ދީން ކުރިއަރުވަން ނޫންކަމަށް ބުނުމުގެ ފުރުޞަތު އަޅުގަނޑަށް ވަރަށް ބޮޑަށް އެބައޮތް ނޫންތޯ؟"
ރައީސް މައުމޫން ވިދާޅުވީ "އިނގިރޭސި ސަފީރު ތިމަންނަ ގާތު ވިދާޅުވިއޭ ތިމަންނަމެން ރައީސް ނަޝިދަށް 2008 ގެ އިންތިޚާބުގައި ތާއީދުކޮށް އޭނަ ހޮވަން މަސައްކަތްކުރީ އޭނަ އޮތޭ ވިދާޅުވެފަ ރައީސްކަމާ ހަވާލުވެވަޑައިގަންނަވާތާ 1 އަަހަރު ދުވަހުގެތެރޭގައި މާލޭގައި ކްރިސްޓިއަން ދިނުގެ ފައްޅިއެއް އަޅުއްވާނަމޭ. އެހެން ވިދާޅުވީމައޭ އަޅުގަނޑުމެން އެމަނިކުފާނަށް ތާއީދުކޮށް އެއިރު މަސައްކަތްކޮށްދިނީ." ރައީސް ނަޝީދުގެ ސަރުކާރުގެ ވަރަށް އިސް ބޭފުޅަކު ރައީސް މައުމޫންގެ އަރިއަހުގައި ވިދާޅުވި ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެންނާއި އެމީހުންނާއި މިއޮތީ އެއްވެސް ޒާތީކަމެއް ނޫން. މިއީ ޤައުމީ މައްސަލައެއް." ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ