ނަޝީދުގެ އުފާވެރި އިހްސާސްތައް ޓްވިޓާ މެދުވެރިކޮށް މައުމޫން އަށް ފޮނުއްވައިފި

ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ސަރުކާރަށް ކުރަމުން އައި ތާއިދު ގެންދެވުމާއި ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހިތްޕުޅުގައި އުފެދުނު އުފާވެރި އިހްސާސްތައް އެމަނިކުފާނު ޓްވިޓާ މެދުވެރިކުރައްވާ ރައީސް މައުމޫން އަށް ފޮނުއްވައިފިއެވެ.
ރައީސް ޔާމީންގެ ސަރުކާރަށް ރައީސް މައުމޫން ކުރައްވަމުން ގެންދެވި ތާއިދު އަނބުރާ ގެންދެވުމާއި ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް މައުމޫން އަށް މަރުޙަބާ ދަންނަވާ އިތުރަށް ވިދާޅުވެފައި ވަނީ "ރާއްޖެދުއް އެންމެ ވަރުގަދަ ސިޔާސީ ޝަހްސިއްޔަތަކީ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާން. މަނިކުފާން މިހާރު ތިހުންނެވީ އެމަނިކުފާނަށް ވުރެ ކުރީގައި" ކަމަށެވެ.
ސަރުކާރަށް ކުރި ތާއިދު އަނބުރާ ގެންގޮސްފި ކަމަށާއި ދެން މިސަރުކާރަށް ތާއިދު ނުކުރައްވާ ކަމަށް ރައީސް މައުމޫން ވިދާޅުވީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
"މި ސަރުކާރަކީ ޕީޕީއެމްގެ އުސޫލުތަކާ އެއްގޮތަށް ހިނގާ ސަރުކާރެއް ނޫން. އެހެންވެ ސަރުކާރަށް ދިން ތާއީދު އަނބުރާ ގެނެސްފިން. މި ސަރުކާރަށް ދެން ތާއީދެއް ނުކުރާނަން." ރައީސް މައުމޫން ރޭ ވިދާޅުވިއެވެ.
ސަރުކާރަށް ކުރަމުން އައި ތާއިދު އަނބުރާ ގެންދިއުމުން ރައީސް ނަޝީދު ރައީސް މައުމޫން އަށް މަރުޙަބާ ދެންނެވިއިރު ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ރައީސް މައުމޫން އަށް އިއްޔެ ބައިއަތު ހިފުމާއި ގުޅިގެން އެމެންބަރުންނަށް ވެސް އިއްޔެ ރައީސް ނަޝީދު މަރުޙަބާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ