މެމްބަރު މުސްތަފާގެ ގެއަށް ވަދެގަންނަން އުޅެ، ފުޑް ކްލަބް މެނޭޖަރަށް ހަމަލާދީފި

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު މުސްތަފާ ދިރިއުޅުއްވާ ގެއަށް ބަޔަކު މިރޭ ވަދެގަންނަން އުޅެ، މުސްތަފާގެ ފުޑް ކްލަބް ރެސްޓޯރެންޓްގެ މެނޭޖަރަށް ހަމަލާދީފި ކަމަށް ފުލުހުން ބުނެފި އެވެ.ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މުސްތަފާ ދިރިއުޅުއްވާ އިމާރާތަށް ހަތަރު ވަރަކަށް މީހުންގެ ގްރޫޕަކުން ވަތް ކަމަށާއި ނަމަވެސް މުސްތަފާގެ ގެއަށް ނުވަންނަ ކަމަށެވެ. އަދި އެ ގެ އަށް ވަދެގަންނަން އުޅުނު މީހުން ފުޑް ކްލަބްގެ މެނޭޖަރަށް ހަމަލާދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.ނަމަވެސް އޮފިޝަލް ވިދާޅުވީ މިކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.އިތުރު ތަފްސީލެއް މިރޭ ނުލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ