ރާއްޖެއަށް އަންނަ ފަތުރުވެރިން ގެނބިގެން މަރުވާ ހާދިސާތައް އިތުރުވަމުންދާތީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައީސް މައުމޫންގެ ކަންބޮޑުވުން ފާޅު ކުރެއްވީ، މި ހަފްތާ ތެރޭގައި ގެނބިގެން ތިން ފަތުރުވެރިއަކު މަރުވުމާ ގުޅިގެންނެވެ.
އެގޮތުން އިއްޔެ ޕެރަޑައިސް އައިލެންޑް ރިސޯޓަށް ޗުއްޓީ ހޭދަކުރަން ގޮސް އުޅުނު އުމުރުން ދުވަސްވީ ކޮރެއާ ފަތުރުވެރިއަކު ގެނބިގެން މަރުވިއިރު، މިދިޔަ އާދީއްތަ ދުވަހު ކ. ދިއްފުއްށީގައި ހަނީމޫން ހޭދަކުރަން އައި ފިލިޕީންސްގެ ދެމަފިރިއަކު ވެސް ވަނީ ގެނބިގެން މަރުވެފައެވެ.
ދެ ފަތުރުވެރިއަކު މަރުވިތާ ހަފްތާއެއް ނުވަނީސް އިތުރު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ!
ރަައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ފަތުރުވެރިން މަރުވާ މައްސަލައާ ގުޅިގެން ނުހަނު ކަންބޮޑުވާ ކަމަށެވެ.
އަދި ރިސޯޓްތަކުގެ މެނޭޖްމަންޓުތަކުންނާއި ޓޫރިޒަމް މިނިސްޓްރީން ގުޅިގެން ރާއްޖެ އަންނަ ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވެފައިވެއެވެ.
ގެނބިގެން ޓޫރިސްޓުން މަރުވާތީ މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ