އެމްޕީ ފަލާހުގެ މައްޗަށް އަބުރުގެ ދައުވާ ކޮށްދިނުމަށް އުމަރު ނަސީރު އެދިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގައި އިނގުރަައިދޫ ދާއިރާ ތަމްސީލުކުރައްވަމުން ގެންދަވާ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ފަލާޙް ގެ މައްޗަށް އަބުރުގެ ދައުވާ ކޮށްދިނުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު އަރީފްގެ ކިބައިން އެދިވަޑައިގެންފި އެވެ.
އެމްޕީ ފަލާހްގެ މައްޗަށް އަބުރުގެ ދައުވާ ކޮށްދެއްވުމަށް އުމަރު ނަސީރު އެދިވަޑައިގެންފައިވަނީ ސީޕީ އަރީފަށް އެޑްރެސް ކުރައްވައި އުމަރު ނަސީރު ރޭ ފޮނުއްވާފައިވާ ސިޓީއެއްގަ އެވެ.
އެ ސިޓީގައި އުމަރު ނަސީރު ވިދާޅުވެފައިވަނީ (4 އޭޕްރީލް 2017) އިރާކޮޅުގެ ވަގުތެއްގައި މާލޭގައި ބޭއްވުނު، އާންމު ބައްދަލުވުމެއްގައި، ރައްޔިތުންގެ މަޖިލިސް އިނގުރައިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އިބްރާހިމް ފަލާޙް ވަނީ، ވަރަށް ޝަރީޙަ ބަހުން (އުމަރު ނަސީރަށް) ‘”ވަގަށް” ގޮވާ [ އަބުރަށް އަރައިގަންނަވާފައި ކަމަށެވެ.
“ގާނޫނު ނަމްބަރު 15/206 އަބުރުރައްކާތެރިކޮށްދިނުމާ، ހިޔާލުފާޅޫ ކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން އަޅުގަނޑޫގެ ނަމާ އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްޤު ކަށަވަރު ކޮށްދޭތީ މި ގާނޫނުގެ 18 ވަނަ މާއްދާގެ (ށ)ގެ ދަށުން ިމ މައްސަލަ ތިޔަ މުއައްސަސާ އިން ތަޙްޤީޤް ކޮށްދެއްވުން އެދެމެވެ. އަދި މި ފަދަ މައްސަލަތަކުގައި ދަޢޫވާ ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލް ގެ އޮފީހަށް މަނިކުފާނު މައްސަލަ ފޮނުއްވަން ޖެހޭނެ ކަމަށް މި ޤާނޫނުގއި އޮޮންނާތީ މި މައްސަލަ ދަޢުވާ ކުރުމަށްޓަކައި ޕީޖީ ގެ އޮފީހަށް ފޮނުއްވައި ދެއްވުންވެސް އެދެމެވެ.” އެ ސިޓީގައި ވެ އެވެ.
އެ ސިޓީގައި ބުނެފައިވަނީ އިބްރާހިމް ފަލާޙު އުމަރު ނަސީރުގެ އަބުރަށް އަރައިގަންނަވާފަ ވަނީ، އެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ނ)ގައި ވާފަދަ ސާބިތު ނުހިފޭ ދޮގު ބަހެއްގެ މައްޗަށް ބިނާ ކޮށް ކަމަށެވެ.
“އެހެނީ ރާއްޖޭގެ އެއްވެސް މުއައްސަސާއަކުން އެފަދަ ކަމެއް އަޅުގަނޑުގެ މައްޗަށް ސާބިތުވެފައި ނުވާތީ އެވެ. އަދި މިނިވަން 50 ގެ އެއްެވެސް މަސައްކަތެއް އަޅުގަނޑުގެ ހިއްސާއެއް އޮތް އެއްވެސް ކުންފުންޏަކަށް، ނުވަތަ އަޅުގަނޑުގެ އަންހެނުންގެ ނުވަތަ ދަރިއެއްގެ ހިއްސާ އެއް އޮތް ކުންފުންޏަކާވެސް ހަވާލު ކުރެވިފައެއް ނުވާނެ އެވެ. އަދި އަޅުގަނޑު މިނިސްޓަރ ކަމުގެ މަޤާމް ގައި ހުރި ދުވަސްތަކުގައި، އެފަދަ ކުންފުންޏަކުން އެ މިނިސްޓްރީގެ އެއްވެސް މަސައްކަތަކަށް ބިޑް ކޮށްފައި ނުވާނެ ވާހަކަވެސް ދެންނެވީމެވެ. އަދި އެއްވެސް ސިފައެއްގައި އެއްވެސް މަސައްކަތެއް ހަވާލުކޮށްއި ނުވާނެ ވާހަކަ ދެންނެވީމެވެ.” އުމަރު ނަސީރުގެ ސިޓީގައި ވެ އެވެ.
އެ ސިޓީގައި އިތުރަށް ބުނެފައިވަނީ އަބުރު ރައްކާތެރިކޮށްދިނުމާ، ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ޤާނޫނުގެ ދަށުން މި މައްސަލަ ބައްލަވާ، ދަޢުވާ ކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުއްވާދެއްވުން އެދި ދަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ