ރައްޔިތުން ގަޔަށް ބަޑި ޖެހީ ނަޝީދު - އަދުރޭ

ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަން ދިފާއު ކުރުމަށް ރައްޔަތުންގެ ގަޔަށް ބަޑިވެސް ޖަހާނެކަމަށް ކުރީގެ ރައީސް ނަޝިދު ވިދާޅުވި ވިދާޅުވުމަށް ޕީޕީއެމްގެ ނައިބްރައީސް އަބްދުއް ރަހީމް އަބްދުﷲ ރައްދު ދެއްވަވާފިއެވެ.
އަމިއްލަޔަށް އިސްތިއުފާ ދެއްވި އަދި މިހާރު 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ސަރުކާރު ދިފާއު ކުރުމަށް ރައީސް ޔާމީން ބަޑި ވެސް ޖައްސަވާނެ ކަމަށެވެ.
މިވާހަކައަށް ރައްދު ދެއްވަވާ ޕީޕީއެމްއިން މިއަދު ބޭއްވި ނޫސް ކޮންފަރެންސްއެއްގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ، މީގެ ކުރިން ރައްޔަތުންގެ ގަޔަށް ބަޑިޖެއްސެވީ ކާކުކަން ރައްޔަތުންނަށް އެނގޭކަމަށެވެ.
"ކާކުބާ މިކަން ކުރީ؟ އަޅުގަނޑުމެން ދުށީމު 6 ފެބްރުއަރީ 2012 ވަނަ ދުވަހުގެރޭ ފަތިހުގެ ވަގުތެއްގައި ރަބަރު ވަޒަންލީ ބަޑި ދިވެހި ފުލުހުންނާއި ސިފައިންގެ ތެރެއަށް ރައީސް ނަޝީދުގެ އޯޑަރަށް ޖެއްސެވި ތަން. ކޮން ބައެއްތޯ ކައިރީގައި ލަފާ ދެއްވަން ތިއްބެވީ؟" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ