މޫސުން ވަަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައި
މިދުވަސްވަރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައާއި ގުޅިގެން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.ސްރީލަންކާ ސަރަހައްދުގައި އުފެދިފައިވާ ތޫފާން އޮކީގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ލަފާ ކުރެވޭތީ ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އުޅަނދުތަކުގެ ސަލާމަތީ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ކަށަވަރު ކުރުމަށްފަހު ނޫނީ ދަތުރު ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ދަތުރު ކުރާއިރު މޫސުމާއި ބެހޭ އިދާރާއާއި، ކޯސްޓްގާޑާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ޙިއްސާ ކުރާ މަޢުލޫމާތާއި އެއްގޮތަށް ދަތުރު ފަތުރުކުރުމަށް ސަމާލުކަން ދިނުން މުހިންމު ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ކޮންމެން ކުރަންޖެހޭ މުހިންމު ދަތުރުތައް ފިޔަވައި އެއްވެސް ދަތުރެއް ނުކުރުމަށާއި އުޅަނދައް އެކަށީގެންވާ މިންވަރަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށްވެސް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަނީ އިލްތިމާސް ކޮށްފައެވެ. މީގެއިތުރުން ދަތުރުކުރާއިރު މުޢާސަލާތީ ވަސީލަތްތައް ހަމަކޮށްގެން ދަތުރުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ. ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ބުނީ ގަދަ ވަޔާއިއެކު ވިއްސާރަކުރަމުންދާއިރު، އެކަމަށް ސަމާލުވެ ފެން ނުވައްނާނެހެން ގޭގޭގެ ކުރިމަތީގައި ވެލިބަސްތާ ޖެހުމާއި، ފެން ބޮޑުވެއްޖެ ހިނދެއްގައި މުދަލަށް ގެއްލުން ނުވާނެހެން ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ތަކެތި ބަދަލުކުރުމަށް ސަމާލުވުމަށްވެސް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެއިތުރުން ގަދަވަޔާއެކު ގޭގޭގެ ފުރާޅު އެއްލާލައި ގެއްލުންވަމުންދާތީ އެކަމަށް ދުރާލައި ފިޔަވަޅު އެޅުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ