ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކާއި ގުޅިފައިވާ އިއްތިހާދުން މިއަދު ލޯންޗު ކުރީ ދެ ރަނިން މޭޓުން ކަމަށާއި ކޯލިޝަންގައި ކެންޑިޑޭޓަކު ނެތް ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ "މެނިފެސްޓޯ އޮޑި"ގައި ހދ އަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާތަކާއި ބައްދަލު ކުރައްވާ އަލީ ވަހީދު ވިދާޅުވީ ތަސްމީނާއި ޑރ.މުހައްމަދު ވަހީދު ހަސަން މަނިކާއި ދެބޭފުޅުންނަކީ ވެސް ރަނިން މޭޓުން ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ އެމްޑީޕީގައި ނޫނީ ކެންޑިޑޭޓަކު ނެތް ކަމަށާއި އިނދިކޮޅު ހުރިހާ ފަރާތްތަކަކަށް ވުރެ ވެސް ރައީސް މައުމޫނު އަބުދުލް ގައްޔޫމަށް ކެންޑިޑޭޓުކަން އަދި ވެސް އެހެން ބޭފުޅުންނަށް ވުރެ ހައްގު ކަމަށެވެ.
"ވާދަވެރި ކެންޑިޑޭޓަކު ފެންނާކަށް ނެތޭ، އެބޭފުޅުންނަށް ވުރެ އަދި ވެސް މާ ހައްގުކަން ބޮޑު ކަންނޭނގޭ ރައީސް މައުމޫނު ވެސް. އެއީ މިހާރު ވެސް އެފިކުރުގެ ހެޑްލައިންތައް މޭކް ކުރައްޗވަމުން އެގެންދަވަނީ ރައީސް މައުމޫނު. މިހާރު އަނެއްކާ ވެސް ރައީސް މައުމޫނުގެ ހިޔާލުފުޅު މިހިރީ ޖީއެމްއާރައި އެއާރޕޯޓު ތަރައްގީ ކުރަން. ރައީސް މައުމޫނު ވެސް މިހުންނަވަނީ އެމްޑީޕީ ފިކުރުގައި. އެހެންވީމާ އަދި ވެސް މިފެންނަނީ މައުމޫނު ކަންނޭނގޭ، ޕީޕީއެމުން ޔާމީނެއް ވެސް ނުފެނޭ މިފެންނަނީ ޑރ.ޖަމީލު. ދެން ވާދަ ކުރަން އޮތްތަނުން އެއްކޮށްލާފަ މިނެގީ ދެ ރަނިން މޭޓޫން،" އަލީ ވަހީދު ވިދާޅުވިއެވެ.
މެނިފެސްޓޯ އޮޑީގެ ނަމުގައި އެމްޑީޕީން މިރޭ ފެށި ދަތުރު ނިންމާލުމަށް ހަމަޖެހިފައިވަނީ ހދގެ ހުރިހާ ރަށަކަށް ދިއުމަށްފަހުއެވެ. ދަތުރުގެ ކަންތައްތައް ރަސްމީކޮށް ފެށުމަސް ހަމަޖެހިފައިވަނީ މާދަމާ ރޭ ކުޅުދުއްފުށީގައި ބާއްވާ ރަސްމިއްޔާތެއްގައެވެ.
ކޯލިޝަނުން ލޯންޗު ކުރީ ދެ ރަނިން މޭޓުން: އަލީ ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ