2018 އަށް އުމަރުގެ ކެމްޕެއިން ފަށައިފި

ހޯމް މިނިސްޓަރު ކަމުން އިސްތިއުފާދެއްވި އުމަރު ނަސީރު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ބޭނުންކުރައްވާނެ ފުރަތަމަ ފޮޓޯ އާންމު ކުރައްވައި ކެމްޕެއިން ފަށައިފިއެވެ.
އުމަރު ވަނީ މި ފޮޓޯ ޓްވިޓަރ ގައި ހިއްސާ ކުރައްވައިފައެވެ. "ޔޫ2018" ޖައްސަވާފައިވާއިރު އތުރަށް ވިދާޅުވެފައިވަނީ ޕީޕީއެމް އުފެދުނީ ހަމައެކަނި ޤައުމަށް ޙިދުމަތް ކުރަން ކަމަށެވެ.
މި ފޮޓޯގައި ލިޔެފައިވާ އިބާރާތްތަކު ރައީސް ޔާމީން އަށް ނުސީދާ ގޮތެއްގައި މެސެޖެއް ދެއްވުމަށް މަސައްކަތް ކޮށްފައިވާކަމަށް ބެލެވެއެވެ. ސްލޯގަން އަކަށް ބޭނުން ކުރައްވާދައިވަނީ 2008 ގެ ރިޔާސީ އިންތިޙާބާއި 2013 ގެ ޕީޕީއެމް ރިޔާސީ ޕްރައިމަރީ ގައި ވެސް ބޭނުންކުރެއްވި ސްލޯގަން "ހައްލަކީ އުމަރު" އެވެ.
2018ގެ އިންތިޚާބުގެ ކެމްޕެއިން އުމަރު ފައްޓަވާފައިވާއިރު، އުމަރު މީގެ ކުރިން ވިދާޅުވެފައިވަނީ 2018ގައި ހުންނަވާނީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކަމަށާއި އިންތިޚާބުގައި ވާދަ ކުރައްވާނަމަ ވާދަ ކުރައްވާނީ 2023ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ