އިލެކްޝަންސް ކޮމިޝަންގެ ހުސްވެފައިވާ މެމްބަރުގެ ގޮނޑިއަށް އއ. ފެރިދޫ، ހާލި، އަލީ ނަޝާތު އައްޔަނުކުރައްވައިފި އެވެ.
އިއްޔެ، ނަޝާތު އިލެކްޝަންސްގެ މެމްބަރު ކަމަށް ހަމަޖެއްސުމަށް ރުހުން އޮތްތޯ ބެލުމަށް ވޯޓަށް އެހުމުން އޭނާގެ ނަން ފާސްކޮށްފައިވަނީ މަޖިލީހަށް ހާޒިރުވި 32 މެމްބަރުންގެ އިއްތިފާގުންނެވެ.
މެމްބަރަކަށް އައްޔަނު ކުރެއްވުމުގެ ކުރީން ނަޝާތު މަސައްކަތް ކުރެއްވީ އިލެކްޝަންސް ކޮމިޝަންގައެވެ. އޭނާ އެ ކޮމިޝަންގައި މަސައްކަތް ކުރައްވާފައިވަނީ ޑިރެކްޓަރުގެ މަގާމުގައެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަން ހުސްވެފައި ވަނީ އެ ކޮމިޝަނުގެ މެމްބަރަކަށް ހުންނެވި މުހައްމަދު ޝަކީލް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އިލެކްޝަންސްގެ މެމްބަރު ކަމަށް ނަޝާތު އައްޔަންކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ