މައިލޯ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ފަށައިފި

ވިހިވަނަ މައިލޯ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް މިއަދު ހެނދުނު ފަށައިފިއެވެ. އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ އެ މުބާރާތް ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ. ދިހަ ކެޓަގަރީ ކުރިއަށްދާ އެ މުބާރާތުގައި ރާއްޖޭގެ 34 ސްކޫލަކުން 143 ޓީމެއް ވާދަކުރެއެވެ. ޖުމްލަ 1036 އެތުލީޓުން ވާދަކުރާ އެ މުބާރާތުގައި 11 އަހަރުންދަށުގެ ފިރިހެން 19 ޓީމު ވާދަކުރާއިރު، 11 އަހަރުންދަށުގެ އަންހެން 17 ޓީމު ވާދަކުރެއެވެ. ތޭރަ އަހަރުންދަށުގެ ފިރިހެން 20 ޓީމް ވާދަކުރާއިރު، 13 އަހަރުންދަށުގެ އަންހެން 23 ޓީމު ވާދަކުރެއެވެ. ފަނަރަ އަހަރުންދަށުގެ ފިރިހެން 15 ޓީމު ވާދަކުރާއިރު، 15 އަހަރުންދަށުގެ އަންހެން 14 ޓީމު ވާދަކުރެއެވެ. އޭގެ އިތުރުން 17 އަހަރުންދަށުގެ ފިރިހެން 17 ޓީމު ވާދަކުރާއިރު، 17 އަހަރުންދަށުގެ އަންހެން ހަތް ޓީމު ވާދަކުރެއެވެ. އަދި 19 އަހަރުންދަށުގެ ފިރިހެން ހަ ޓީމު އަދި 19 އަހަރުންދަށުގެ އަންހެން ބައިން ވާދަކުރަނީ ފަސް ޓީމެވެ. އެ މުބާރާތުގައި ވާދަކުރާ ސްކޫލްތައް: އައްޑޫ ހައި ސްކޫލް ހިތަދޫ ސްކޫލް ހުޅުދޫ ސްކޫލް އިރުޝާދިއްޔާ ސްކޫލް މަރަދޫފޭދޫ ސްކޫލް ޝަރަފުއްދީން ސްކޫލް ދާންދޫ ސްކޫލް ގދ. އަތޮޅު މަދަރުސާ އަބޫބަކުރު ސްކޫލް ގދ. އަތޮޅު ތަޢުލީމީ މަރުކަޒު ތިނަދޫ ސްކޫލް ފުވައްމުލަކު ސްކޫލް ޏ. އަތޮޅު ތަޢުލީމީ މަރުކަޒު ހާފިޒް އަހްމަދު ސްކޫލް މުހައްމަދު ޖަމާލުއްދީން ސްކޫލް އަފީފުއްދީން ސްކޫލް ހދ. އަތޮޅު ތަޢުލީމީ މަރުކަޒު އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް އަމީނިއްޔާ ސްކޫލް އެވިޑް ކޮލެޖް ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލް ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން ދަރުމަވަންތަ ސްކޫލް ޣާޒީ ސްކޫލް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް އިސްކަންދަރު ސްކޫލް ޖަމާލުއްދީން ސްކޫލް ކަލާފާން ސްކޫލް މަދުރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ މަޖީދިއްޔާ ސްކޫލް ރެހެންދި ސްކޫލް ތާޖުއްދީން ސްކޫލް ހިރިޔާ ސްކޫލް އެ މުބާރާތުގެ އިވެންޓްތައް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 7.30އިން 10.30އަށް އަދި ހަވީރު 4.00އިން 6.30އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ