މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓު ލިބުނު މީހުންގެ ލިސްޓު މިއަހަރުގެ ތެރޭގައި އިއުލާންކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ކުރީގައި އެކި ފަރާތްތަކުގެ ނުފޫޒުގެ ތެރެއިން ފްލެޓާއި ގޯތި ދީފައި ހުރި ނަމަވެސް އެކަހަލަ އެއްވެސް ކަހަލަ ޝަކުވާއެއް ނާންނާނެ ގޮތަށް އެ ޔަގީންކަން މި ސަރުކާރުން ދޭ ކަމަށެވެ. އަދި މި ސަރުކާރުން ދޭ އެއްވެސް ބޯހިޔާވަހިކަމަކީ ވަކި މީހެއްގެ މީހަކަށްވީތީ ދޭނެ އެއްޗަކަށް ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގޯއްޗާއި ފްލެޓްތައް ދިނުމުގެ ކުރިން ހުށަހަޅާފައިވާ ތަފުސީލުތައް ވެރިފައިކުރުމަށްފަހު ކަނޑައަޅާފައިވާ އުސޫލުތަކަށް ބަލާނެ ކަމަށެވެ. އެހެންވެ އެކަމަށް އެކަށީގެންވާ ވަގުތު ދޭން ނިންމާފައިވާތީ، ފްލެޓްތަކާއި ގޯތިތައް ދެވޭނެ ސީދާ ތާރީހެއް ދެންނެވެން ނެތް ކަމަށް ވިދާޅުވި އެވެ.
މި ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި 58،505 ފޯމުވަނީ ހުށަހަޅާފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 35,930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22,575 ފޯމެވެ.
ސަރުކާރުން މިހާރުވަނީ އެ ފޯމުތައް ވެރިފައި ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
ގޯއްޗާއި ފްލެޓު ލިބޭ މީހުންގެ ލިސްޓު މި އަހަރު އިއުލާން ކުރާނަން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ