ވަޒީރުންނަށް ރުހުން ނުދިނުމަކީ ގައުމު އިނދަޖައްސާލައި ގައުމު ހަލާކުކޮށްލުމަށް ކުރާ މަސައްކަތެއް: ގާސިމް

ވަޒީރުންނަށް ރުހުން ނުދިނުމަކީ ގައުމު އިނދަޖައްސާލައި ގައުމު ހަލާކުކޮށްލުމަށް ކުރާ މަސައްކަތެއް ކަމަށް  މާމިގިލި ދާއިރާގެ މެންބަރު އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބާއްވާ ޖަލްސާގައި މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ވަފާތެރިވުމަކީ މިއަދު ހުރިހާ ރައްޔިތުންނަށް ރުހުން ދިނުމަށް ފަހު، އެ ވަޒީރުންގެ މައްސަލައެއް އުޅޭނަމަ ހާޒިރުކޮށްގެން ސުވާލުކުރުން ކަމަށާއި އެއީ މީގެ ކުރިން ވެސް އަމަލުކޮށްފައިވާ ގޮތް ކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، ވަޒީރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުން ނިންމާފައިވާ ނިންމުމުގައި "ކޮޅުފައިން" ޖެހުން ކަމަށެވެ.
ގާސިމް ވިދާޅުވީ، ވަޒީރުންނަށް ރުހުން ނުދިނުމަކީ ގައުމު އިނދަޖައްސާލައި ގައުމު ހަލާކުކޮށްލުމަށް ކުރާ މަސައްކަތެއް ކަމަށާއި އެއީ އަމިއްލަ އެދުން ކުރިއަށް ނެރެގެން ކުރާ ކަމެއް ކަމަށެވެ. އެއަށް ވުރެ ގައުމު އޮތީ މާ ދަށް ހާލަތެއްގައި ކަމަށާއި ރައްޔިތުން އެހެން ބޭފުޅަކު ރައީސް ކަމަށް ހޮވީ ކުރީގެ ސަރުކާރު ބަލައިނުގަތުން ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވަނީ ރައްޔިތުން ހޮވާފައިވާ ވެރިޔަކު ކަނޑައަޅާ ބަޔަކަށް ރުހުން ނުދީ ރައްޔިތުން ކައިރިއަށް ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވޯޓު ހޯދުމަށް ނުދިއުމަށް ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ