މަޔާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 15) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އުރުގުއޭ ކުޅެން އޮތް ފުރަތަމަ މެޗުގެ ކުރިން، އެ ޓީމުން މެކްސިކޯ އިން އެމެރިކާ އަށް ދިއުމަށް ހަމަޖެއްސި ޗާޓަރު ފްލައިޓުގެ ދަތުރުފަތުރު އެމެރިކާގެ ސަބަބުން ޑިލޭވުމާ ގުޅިގެން މައްސަލަތަކެއް ކުރިމަތިވެއްޖެ އެވެ.
އުރުގުއޭ އިން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ސައުދީ އަރަބިއްޔާއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމަށް މި މެޗަށް އެމެރިކާ އަށް އާދެވުނުއިރު، މެޗު ފެށޭ ގަނޑިއާ ދެމެދު 24 ގަޑިއިރު ހަމަނުވާނެ އެވެ. އަދި، މެޗުގެ އެއް ދުވަސްކުރިން، އުރުގުއޭ އިން އެެމެރިކާގެ މަޔާމީ އަށް ދިއުމަށް އެންމެ ފުރަތަމަ ހަމަޖެއްސި ޗާޓަރު ފްލައިޓް ގަޑިއަށް ދަތުރުނުކުރެވުނީ، ވިސާގެ ކަންކަމާއި ދަތުރުގެ ކަންކަން ހަމަޖެހި، ލިޔެކިޔުންތައް ވަގުތަށް ނުލިބޭތީ އެވެ.
މި ކަމާ ގުޅިގެން އުރުގުއޭ ފުޓްބޯޅަ ފެޑެރޭޝަނުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، މިކަމުގައި ޒިންމާ ނަގަންޖެހޭނެ ފަރާތަކީ ފީފާ ކަމަށެވެ. އަދި، އުރުގުއޭ އިން މުއާމަލާތު ކުރަނީ ކަންކަމުގައި ފީފާއާ ކަމަށްވާއިރު، މި ކަމުގައި އެކަށޭނެ ހައްލެއް ނުލިބުނު ކަމަށެވެ.
މެޗުގެ ކުރީ ދުވަހުގައި، ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުންނަށް ހާއްސަކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުން، އުރުގުއޭ އާއި ސައުދީ އަރަބިއްޔާގެ މެޗުގެ ކުރިން ތާވަލު ކުރި ވަގުތަށް ނުބޭއްވުނެވެ. އެއީ، ފްލައިޓް މައްސަލައިގައި އުރުގުއޭގެ ކޯޗު މާސެލޯ ބިއެލްސާ އާއި ޓީމުގެ ކެޕްޓަން، ޖޯސޭ މާރިއާ ޖިމެނޭޒް އަށް ފުރަތަމަ ޝެޑިއުލް ކުރި ގަޑިއަށް އާދެވޭގޮތްނުވުމުންނެވެ. އަދި، ދެ ވަނަ އަށް ނޫސްވެރިންގެ ބައްދަލުވުން ތާވަލުކުރި ވަގުތަށް ވެސް ބިއެލްސާ އާއި ޖިމެނޭޒަށް ނާދެވިއްޖެނަމަ، އުރުގުއޭ ޓީމު ޖޫރިމަނާ ކުރުމުގެ. ބާރު ފީފާގެ ގަވާއިދު ދަށުން ލިބެ އެވެ. އެކަމަކު، އުރުގުއޭ އަށް ނާދެވުމުގައި، ފީފާގެ އިހުމާލު އޮތުމާ އެކު، ފިޔަވަޅު އަޅާނީ ކަމުގެ ހަގީގަތް ބެލުމަށް ފަހު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި ފަަހަރުގެ ވޯލްޑް ކަޕްގައި އެމެރިކާ އާއި ކެނަޑާ އަށް އެތެރެވުމުގައި ގިނައިން ލިޔެކިޔުމާއި ވިސާގެ މައްސަލަތައް ފެންމަތިވަަމުން އަންނައިރު، ވޯލްޑް ކަޕްގެ މެޗުތައް މި ފަަހަރު ކުރިއަށްދާ ގައުމުތަކުގެ ތެރެއިން އެންމެ ފަސޭހައިން އެތެރެވެވެނީ މެކްސިކޯ އަށެވެ،
ފުރަތަމަ މެޗާ ދިމާކޮށް އުރުގުއޭ އަށް ފްލައިޓް ޑިލޭ މައްސަލަތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ