މަޖިލީހުގެ ރައީސް އާއި ނައިބުރައީސްއަށް ހާޒިރުނުވެވޭ ހާލަތުގައި ރިޔާސަތު ބަލަހައްޓަވާނީ ޝިޔާމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބުރައީސްއަށް މަޖިލީހަށް ހާޒިރުނުވެވޭ ހާލަތުގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ މެންބަރުންގެ ލިސްޓު އަލުން އެކުލަވާލައިފި އެވެ.
މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުންގެ ލިސްޓު އަލުން އެކުލަވައިލީ އެ ލިސްޓުގައި ކުރިން ހިމެނުނު، އޭދަފުށި ދާއިރާގެ މެންބަރު، އަހުމަދު ސަލީމް މަޖިލީހުގެ ނައިބުރައީސްގެ މަގާމަށް އިންތިހާބުވުމުންނެވެ.
މަޖިލީހުގެ ރައީސް އާއި ނައިބުރައީސް މަޖިލީހަށް ހާޒިރުނުވާ ހާލަތުގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ މެންބަރުންގެ ލިސްޓުގެ އެންމެ ކުރީގައި މިހާރު ހިމެނެނީ ދ. މީދޫ ދާއިރާގެ މެންބަރު، އަހުމަދު ޝިޔާމް މުހައްމަދު އެވެ.
މަޖިލީހުގެ ރައީސް އާއި ނައިބުރައީސް ހާޒިރުނުވާ ހާލަތުގައި ރިޔާސަތު ބަލަހައްޓަވާނެ މެންބަރުންގެ ތަރުތީބު:
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބުރައީސް މަޖިލީހަށް ހާޒިރުނުވާ ހާލަތެއްގައި ނުވަތަ އެ ނޫން ވެސް އެހެން ހާލަތެއް މެދުވެރިވެގެން ރިޔާސަތު އެ ދެ ބޭފުޅުންކުރެ ބޭފުޅަކަށް ނުބެލެހެއްޓޭ ހާލަތުގައި ރިޔާސަތު ބަލަހައްޓާނެ މެންބަރުންގެ ތަރުތީބެއް އެކުލަވައިލަން އަންގާފައި އޮންނަނީ މަޖިލީހުގެ ގަވާއިދުގަ އެވެ.
އެ މެންބަރުންގެ ތަރުތީބު ކަނޑައަޅަން ޖެހެނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެންމެ ދިގު މުއްދަތަކަށް މަޖިލިސް މެންބަރުކަން ކޮށްފައިވާ ބޭފުޅުންނަށް އިސްކަން ދީގެންނެވެ. ދެ މެންބަރެއްގެ މަޖިލީހުގެ އުމުރު އެއްވަރުވެއްޖެ ނަމަ، ތަރުތީބު ކަނޑައެޅުމުގައި އިސްކަން ދޭންޖެހެނީ އެ މެންބަރުންގެ އުމުރަށް ބަލައިގެން ކަމަށް އެ ގަވާއިދުގައި ބަޔާން ކޮށްފައި އޮވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ