އީސްޓް ޗައިނާ ސީގެ ޤުދުރަތީ ވަސީލަތްތައް ބޭނުންކުރުމުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރުމަށް 2008 ވަނަ އަހަރު އެކުލަވާލާފައިވާ އެއްބަސްވުމާއި ޗައިނާއިން ޚިލާފު ވެފައިވާކަމަށް ޖަޕާނުން ތުހުމަތުކޮށްފިއެވެ.
ޗައިނާ އާއި ޖަޕާނާއި ދެމެދު އިކުއިޑިސްޓަންސް ހުންނަ ހިސާބުގައި ޗައިނާއިން ކަނޑުމަތީގައި ތަނެއް ބިނާކުރަމުންދާކަމަށް ޖަޕާނުން ބުނެއެވެ. ޗައިނާއާއި ޖަޕާނާއި ދެމެދު ކޮންޓިނެންޓަލް ޝެލްފްގެ މައްސަލަ ނުނިމެނީސް، ޗައިނާއިން އަމިއްލައަށް ޚާއްސަ އިޤްތިޞާދީ ސަރަހައްދު (އީ.އީ.ޒެޑް) ކަނޑައަޅައިގެން އުޅުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް ޖަޕާނުން ބުންޏެވެ.
ޗައިނާގެ ކިބައިން ޖަޕާނުން އެދުނީ ސަރަހައްދީ އިމުގެ މައްސަލަ ވަކި ގޮތަކަށް ނުނިމެނީސް އަމިއްލައަށް އިމެއް ކަނޑައަޅައިގެން އެސަރަހައްދުގައި ތަންތަން ތަރައްޤީކުރުން ހުއްޓާލައި، 2008 ގެ އެއްބަސްވުމަށް އަނެއްކާވެސް އަމަލުކުރަން ފެށުމަށެވެ.
އީސްޓް ޗައިނާ ސީގައި އޮންނަ ޖަޕާނުގެ ސެންކާކޫ އައިލެންޑްސް އަކީ ޗައިނާގެ ރަށްތަކެއް ޗައިނާއިން ދައުވާކުރާ މައްސަލައިގައި ޗައިނާއާއި ޖަޕާނުގެ ގުޅުން ފަހަކަށް އައިސް އިތުރަށް ގޯސްވެފައިވެއެވެ.
އީސްޓް ޗައިނާ ސީގެ މައްސަލައިގައި ޖަޕާނުން އެންމެ ފަހުން ޗައިނާއާ ކުރި މިމުއާމަލާތާއި ބެހޭ ތަފްސީލެއް ޗައިނާއިން ހާމަކޮށްފައެއް ނުވެއެވެ
އީސްޓް ޗައިނާ ކަނޑުގައި ޗައިނާއިން އެއްބަސްވުމާއި ޚިލާފުވެއްޖެ: ޖަޕާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ