ޑިމާރިޔާ އެނބުރި ކުރީގެ ކުލަބު ރޮސާރިޢޯއަށް

އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް އަންހެލް ޑިމާރިއާ 18 އަހަރަށްފަހު އޭނާގެ ކުރީގެ ކުލަބު އާޖެންޓީނާގެ ރޮސާރިއޯ އާއި ގުޅިއްޖެއެވެ.
މިހާރު އެމެރިކާގައި ކުރިއަށްދާ ކުލަބު ވޯލްޑްކަޕްގައި ބެންފީކާއެކު މޮޅު ކުޅުމެއްދެއްކި އުމުރުން 37 އަހަރުގެ ފޯވާޑް އަންހެލް ޑިމާރިއާގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރު 2005 ވަނަ އަހަރު ރޮސާރިއޯ އިން ފެށިއިރު، ޔޫރަޕަށް ބަދަލުވުމުގެ ކުރިން އެނާ ވަނީ އެޓީމަށް ދެ ސީޒަން ކުޅެދީފައެވެ.
ފާއިތުވެދިޔަ 18 އަހަރު ޑިމާރިޔާ ވަނީ ޕޯޗުގަލްގެ ބެންފީކާ، ސްޕެއިންގެ ރެއާލް މެޑްރިޑް، އިޓަލީގެ ޔުވެންޓަސްގެ އިތުރުން އިނގިރޭސި ޕްރެމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއެކު 700 އަށްވުރެ ގިނަ މެޗު ކުޅެ 30 ޓްރޮފީ ކާމިޔާބުކޮށަފައެވެ.
އޭގެ ތެރޭގައި ސްޕެއިން އިޓަލީ އަދި ޕޯޗުގަލްގެ ލީގު ޗެންޕިއަންކަން ހޯދުމުގެ އިތުރުން ރެެއާލް މެޑްރިޑާއެކު ޔުއެފާ ޗެންޕިއަންސް ލީގު ކާމިޔާބުކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން ޑިމާރިޔާ ވަނީ އާޖެންޓީނާގެ ގައުމީ ޓީމާއެކު އޮލިމްޕިކް ރަންމެޑަލް، ފީފާ ވޯލްޑްކަޕް އަދި ކޮޕާ އެމެރިކާގެ ޗެންޕިއަންކަން ދެފަހަރު ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ