އަންނަ ހުކުރު ދުވަހު ފާހަގަކުރާ އަޟްހާ އީދަށް އަމާޒުކޮށް ފަލަސްތީނުގެ ގާޒާގައި ދިރިއުޅޭ ރައްޔިތުންނަށް ސަދަގާތް ކުރުމުގެ ފުރުސަތު އުރީދޫއިން ތަނަވަސްކޮށްދީފި އެވެ.
އުރީދޫ އިން ބުނީ އެމް-ފައިސާ މެދުވެރިކޮށް 162ރ. ސަދަގާތްކޮށްގެން ކޯންޑް ބީފް ދަޅެއް ގާޒާގެ ރައްޔިތުންނަށް ހަދިޔާ ކުރެވޭނެ ކަމަށެވެ. އެމް-ފައިސާ އެކައުންޓް ނަންބަރަކީ 9306501 އެވެ.
އެމް-ފައިސާ މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެން ވަގުތުން ސަދަގާތް ކުރެވޭއިރު، ފުރުސަތުގެ ބޭނުން ހިފައި ވީހާވެސް ގިނަ ބަޔަކު ގާޒާގެ ރައްޔިތުންނަށް ސަދަގާތް ކުރުމުގެ ދައުވަތު ވަނީ ދީފަ އެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) މެދުވެރިކޮށެވެ.
އިޒްރޭލުން ގާޒާއަށް މެދުނުކެނޑި ހަމަލާދީ ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ދަނީ މަރަމުންނެވެ. މިގޮތުން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ވެސް 100 އާ ގާތްކުރާ އަދަދަށް ފަލަސްތީނުގެ މީހުންނަށް ހަމަލާދީ މަރާލާފައިވެ އެވެ.
މީގެއިތުރުން އިޒްރޭލުން ފަލަސްތީނަށް ދިން ހަމަލާތަކުގައި މިހާތަނަށް 54،607 މީހުން މަރުވެފައިވާއިރު، ފަލަސްތީނުގެ އެތައް ބައެއްގެ ގެދޮރު ގެއްލި ވަނީ ހާލުގައި ޖެހިފަ އެވެ.
އީދާ ދިމާކޮށް އެމް-ފައިސާ އިން ގާޒާގެ ރައްޔިތުންނަށް ސަދަގާތް ކުރުމުގެ ފުރުސަތު އީދާ ދިމާކޮށް އެމް-ފައިސާ އިން ގާޒާގެ ރައްޔިތުންނަށް ސަދަގާތް ކުރުމުގެ ފުރުސަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ