އަނބިމީހާ އާއި ދެމީހުން އެކަނިވުމުން ކުޑަކުއްޖަކު އުޅޭހެން އަނބިމީހާ އުޅޭނަމަ ބައެއް ފިރިން ފޫހިވެ ރުޅި އައުދެއެވެ. ނަމަވެސް އެއީ އެންމެ ބޮޑަށް އުފާކުރަންޖެހޭނެ ކަންތަކެވެ. ސަބަބަކީ އެކަމުން އަންގައިދެނީ އަނބިމީހާ ލޯބިވަނީ ހަމައެކަނި ފިރިމިހާ ދެކެ ކަމެވެ. އަދި އަނބިމީހާ އެހުންނަނީ ފިރިމީހާގެ ފުރިހަމަ ޙިމާޔަތް ލިބޭނެކަން ޔަޤީންކޮށްގެން ކަމެވެ.
ގިނަ އަންހެނުންނަކީ ޢުމުރުން ދުވަސްވިޔަސް، މާމަދަރިން ލިބުނަސް އުފަލުގައި ހުރެވޭނަމަ ދެމަފިރިން އެކަނިވުމުން ކުޑަކުދިން އުޅޭ ގޮތަށް އުޅެން ބޭނުންވާނެ ބައެކެވެ. އެއީ އެމީހުންގެ ކިބައިގައި ހުންނަ އުނިކަމަކުން މެދުވެރިވާ ކަމެއް ނޫނެވެ. އެއީ އެމީހުންގެ ޠަބީޢަތުގައި ހުންނަ ސިފައެކެވެ.
ހަމައެއާއިއެކު އަނބިންގެ ސުވާލުތައް ގިނަވާނަމަ އެކަމުން އަންގައިދެނީ ހިތުގައި ޝައްކުތަކެއް އުފެދިފައިވާ ކަމެވެ. ޖަވާބު ދިނުމުގައި ހަރުކަށިވާނަމަ ނުވަތަ ރުންކުރުވާނަމަ ވިސްނުން ތޫނު އަނބިން އެކަން މާނަކުރާނީ ގޯހެއް އުޅޭކަން ޔަޤީންވީ ކަމަށެވެ. ވީމާ އެޙާލަތުގައި އެންމެ ރަނގަޅު ގޮތަކީ މަޑުމައިތިރިކަން އިސްކޮށް އަދި އަނބިމީހާކުރާ ސުވާލުތަކަށް ކަްނބޮޑުވުމެއް ނެތި ޖަވާބު ދިނުމެވެ. އަދި އިޞްލާޙްކުރަންޖެހޭ ކަމެއް އޮތްނަމަ އެކަމެއް އިޞްލާޙްކުރުމެވެ.
އަނބިންގެ ސުވާލުތައް ގިނަވާނަމަ ގިނަ ފިރިހެނުންނަށް ވިސްނެނީ އަނބިމީހާގެ ހިތް ނުބައިވަނީ ކަމަށެވެ. ނުވަތަ ފިރިމީހާދެކެ ފޫހިވަނީ ކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ އެއީއެއް ނޫނެވެ. ހިތް ނުބައިވަނީއެއް ނޫނެވެ. ސުވާލުތައް ގިނަވަނީ ލޯބިވާތީއެވެ.
މިއީ ކޮންމެ ފިރިއަކުވެސް ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަންކަމެވެ. އުފާވެރި ދިރިއުޅުމެއް ލިބޭނީ އެކަކު އަނެކެއްގެ އިޙްޞާޞްތައް ދެނެގަނެ އިޙްތިރާމްކުރާ ވަރަކުންނެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން
އަނބިންނާއިމެދު ގިނަ ފިރިންނަށް ނޭނގޭ ބައެއް ޙަޤީޤަތްތައް-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ