އެފްއޭއެމް ލީގު ކަޕްގައި މަހިބަދޫ ސްޕޯޓްސް ކްލަބުން މިއަދު އެ ޓީމުގެ ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނައިރު، މަހިބަދޫން މުބާރާތަށް އެކުލަވާލި ސްކޮޑުގައި ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ރަނގަޅު ކުޅުންތެރިން ހިމަނައިފި އެެވެ.
ލީގު ކަޕްގައި ވާދަކުރަނީ، ފުރަތަމަ ޑިވިޝަނުގެ ތިން ޓީމު ކަމަށްވާ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ޓީސީ ސްޕޯޓްސް ކްލަބް އަދި އޮޑި ސްޕޯޓްސް ކްލަބްގެ އިތުރުން، ދެ ވަނަ ޑިވިޝަނަށް ބައިވެރިވާން ދިން ފުރުސަތުގައި، ވާދަކުރަން ނިންމި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އާއި މަހިބަދޫ ސްޕޯޓްސް ކްލަބް އެވެ.
ލީގު ކަޕްގެ ފުރަތަމަ މެޗުގައި އޮޑި އާއި ޓީސީ 0-0 އިން އެއްވަރުވިއިރު، ދެ ވަނަ މެޗުގައި، ނިއު އަތުން މާޒިޔާ ވަނީ 5-1 އިން މޮޅުވެފަ އެވެ. ތިން ވަަނަ މެޗުގައި މިއަދު ހަވީރު، 16:00 ގައި، އޮޑި އާއި މަހިބަދޫން ބައްދަލުުކުރާނެ އެވެ. މިރޭ ކުޅޭނީ، ޓީސީ އާއި މާޒިޔާ އެވެ.
މުބާރާތުގެ ގަވާއިދުގައި ހިމަނާފައިވާ ގޮތުން، މި މުބާރާތުގައި ބައިވެރިނުވާ ކްލަބެއްގެ ކުޅުންތެރިއަކަށް މުބާރާތުގައި ބައިވެރިވެފައިވާ ކްލަބަކަށް ކުޅެވޭނީ އެ ކުޅުންތެރިޔަކު ރަޖިސްޓްރީ ކޮށްފައިވާ ކްލަބުގެ ފަރާތުން މިމުބާރާތުގައި ބައިވެރިވިވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ހުއްދަ ލިޔުމުން އެފްއޭއެމް އަށް ހުށަހެޅުމުންނެވެ. ކޮންމެ ޓީމެއްގައި ވެސް ބިދޭސީ ކުޅުންތެރިންގެ ގޮތުގައި ހަތަރު ކުޅުންތެރިން ރަޖިސްޓްރީ ކުރެވޭނެ އެވެ. އެހެން ނަމަވެސް ރާއްޖޭގައި މަސައްކަތް ކުރުމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާއަކުން އެ ކުޅުންތެރިޔާއަށް އެކުލަބެއްގެ ނަމުގައި ލިބިފައިވާ ހުއްދައިގެ ލިޔުމާއި އެކުޅުންތެރިއާގެ މެޑިކަލް ޗެކްއަޕް ރިޕޯޓް (ޕީސީއެމްއޭ)، ވޯކް ވިސާގެ ކޮޕީ މެޗުކުޅުމުގެ 24 ގަޑިއިރު ކުރިން އެފްއޭއެމް އަށް ހުށައަޅާފައިނުވާނަމަ އެ ކުޅުންތެރިންނަކީ މެޗު ކުޅުމަށް ޝަރުތު ފުރިހަމަވެފައިވާ ކުޅުންތެރިންނެއް ނޫން ކަމަށް ކަނޑައެޅޭނެ އެވެ.
އެ ގޮތުން، މަހިބަދޫ ސްކޮޑުގައި ބިދޭސީ ކުޅުންތެރިއަކު ހިމަނާފައިނުވެ އެވެ. މުޅި ސްކޮޑުގައި ތިބީ ހުސް މަހިބަދޫ އަށް ނިސްބަތްވާ ކުޅުންތެރިންނެވެ. ޓީމު ވަރުގަދަ ކުރުމުގެ ގޮތުން، މަހިބަދޫ ޓީމުގެ މެނޭޖްމަންޓުން ވަނީ، ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ކުޅޭ މަހިބަދޫ އަށް ނިސްބަތްވާ ކުޅުންތެރިން، ލީގު ކަޕްގައި ކުޅޭ ރަށު ޓީމަށް ގެންނަން އެ ކުޅުންތެރިން ތިބި ޓީމުތަކުން ރިލީސް ހޯދައިފަ އެވެ.
އެ ގޮތުން، ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ކޮންޓްރެކްޓްގައި ހުރި، އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް)، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގައި ހުރި އަލީ ނަސޫހު (ޕިލާ)، ބުރު ސްޕޯޓްސް ކްލަބްގައި ހުރި، އިބްރާހިމް އުސާމާ (އުކާންޓެ) މަހިބަދޫ ޓީމުން މި މުބާރާތުގައި ފެންނާނެ އެވެ.
އަދި، ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅައިގެ ކުޅުމާ ދުރުގައި ގިނަ ދުވަސްތަކެއް ހުރި، އަސަދުﷲ އަބްދުﷲ (އަސަކޮ) ވެސް މަހިބަދޫ ޓީމުގައި ހިމަނާފައިވާއިރު، ދެ ވަނަ ޑިވިޝަނާއި ފުރަތަމަ ޑިިވިޝަނުގައި މަހިބަދޫ ޓީމަށް ކުޅުނު ގިނަ ކުޅުންތެރިން ވެސް ސްކޮޑުގައި ހިމެނެ އެވެ.
މީގެ އިތުރުން، ޒުވާން ގައުމީ ޓީމާއި ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތްތަކުގައި ރަނގަޅު ކުޅުމެއް ދެއްކި އަރަމުން އަންނަ ކުޅުންތެރިން ވެސް މަހިބަދޫ ޓީމުގައި ހިމެނެ އެވެ.
އެފްއޭއެމް ލީގު ކަަޕަށް މަހިބަދޫގެ ސްކޮޑު ވަރުގަދަ އެފްއޭއެމް ލީގު ކަަޕަށް މަހިބަދޫގެ ސްކޮޑު ވަރުގަދަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ