އީފާސް މެދުވެރިކޮށް ކުށުގެ ރިކޯޑު ސާފުކޮށްދޭ ގޮތަށް ބަދަލުކޮށްފި
އީފާސް މެދުވެރިކޮށް ކުށާއި ދަރަނީގެ ރިކޯޑު ސާފުކޮށްދިނުމުގެ ޚިދުމަތްދޭ ގޮތަށް ނިންމާފައިވާ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ބުނެފިއެވެ. ޑީޖޭއޭއިން މިއަދު ގެޒެޓުކުރި އިއުލާނެއްގައިވަނީ، މި ބަދަލު ގެންނަނީ ކުށާއި ދަރަނީގެ ރިކޯޑު ސާފުކޮށްދިނުމުގެ ޚިދުމަތް ފަސޭހަ ކުރުމަށްޓަކައި ކަމަށާއި އަންނަ ބުރާސްފަތިން ފެށިގެން އަމަލުކުރާނީ މި އުސޫލުން ކަމަށެވެ. އެ ގޮތުން، އަންނަ ބުރާސްފަތިން ފެށިގެން މި ރިކޯޑުތައް ސާފުކުރުމަށްޓަކައި ހުށަހަޅަންޖެހޭނީ ޑީޖޭއޭގެ ޕޯޓަލްއަށް އީފާސް މެދުވެރިކޮށެވެ. ޑީޖޭއޭއިން ބުނީ، ޖޫންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިހާރު ބޭނުން ކުރަމުންދާ ފޯމު މެދުވެރިކޮށް ވަކިވަކި ފަރުދުން އެ ޚިދުމަތް ހޯދަން އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަންނާނެ ކަމަށެވެ. އެހެންނަމަވެސް، ދައުލަތުގެ އޮފީސްތަކުން ރިކޯޑް ސާފުކުރުމަށް އެދި ހުށަހަޅާ ލިސްޓުތަކާއި ކުންފުނިތަކުން ރިކޯޑް ސާފުކުރުމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ކުރިއެކޭ ވެސް އެއްގޮތަށް ކަމަށް ބުނެފައިވެއެވެ. އެއީ، އޮފީހެއް ނުވަތަ ކުންފުންޏެއްގެ ސިޓީއަކާ އެކު ރިކޯޑް ސާފުކުރުމަށް އެދި ހުށަހެޅުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ