ތައިލެންޑުގެ ބެންކޮކް އަދި މެލޭޝިއާގެ ކުއަލަ ލަމްޕޫރުން ޖެނެރަލް ސޭލްސް އެޖެންޓުންގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އައިލެންޑް އޭވިއޭޝަން ސާވިސަސް އިން އިއުލާނުކޮށްފިއެވެ.
އައިލެންޑް އޭވިއޭޝަނުން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން އެ ދެ ގައުމުގައި ވެސް ބޭނުންވަނީ އެ ހިދުމަތް ދެ އަހަރު ދުވަހަށް ދޭނެ ބައެކެވެ. އެހެންކަމުން އެކަމަށް ކުރިމަތިލާ ފަރާތަކީ އެއާ ޓްރެވަލް އެޖެންސީއެއް ހިންގުމުގައި މަދުވެގެން ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ, އޭވިއޭޝަން ނުވަތަ ޓްރެވަލް ޓްރޭޑުން އަހަރަކު ދެ މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ކުންފުންޏަކަށް ވާން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އެ އިއުލާނުގައި ބުނެފައިވާ ގޮތުން ސޭލްސް އެޖެންޓުގެ ހިދުމަތް ދޭން ކުރިމަތިލާ ކުންފުންޏަކީ ކޮންމެވެސް އެއް މޭޖާ އެއާލައިނެއްގެ ސޭލްސް އެޖެންޓަކަށް ވާން ޖެހޭނެ އެވެ. އަދި ހިދުމަތް ދޭ ފަރާތަކީ ހަފުތާގައި މަސައްކަތްކުރާ ދުވަސްތަކުގައި ކޮންމެ ދުވަހަކު މަދުވެގެން ހަ ގަޑިއިރު ހިދުމަތްދޭ ކުންފުންޏަކަށް ވެސް ވާން ޖެހޭނެއެވެ.
އެހެންކަމުން އިއުލާނުގައި އެވާގޮތަށް ޝަރުތު ހަމަވާ ފަރާތްތަކުން ސޭލްސް އެޖެންޓުންނަށްވުމަށް އައިލެންޑް އޭވިއޭޝަނުން ބުނެފައިވެއެވެ.
މޯލްޑިވިއަނުން ކުއަލަ ލަމްޕޫރާއި ބެންގްކޮކުން ސޭލްސް އެޖެންޓުން ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ