ފިލިޕީންސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި އުރީދޫ ނޭޝަން އަދި ފިލިޕީނޯސް އިން މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (ފިމްބާ)ގެ ފަރާތުން ފޯރިގަދަ 'އެމްއެލްބީބީ ކޮމިއުނިޓީ ކްލޭޝް މުބާރާތެ'އް ބާއްވައިފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގައި އުޅޭ ފިލިޕީންސްގެ 150އަށް ވުރެ ގިނަ މީހުން ބައިވެރިވި މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ސަގާފީ ކަންކަމާއި ލަކީޑްރޯ އަދި އީސްޕޯޓްސް އޮތެވެ.
އުރީދޫ ނޭޝަން އިން ބޭއްވި އޮންލައިން ބާސްކެޓްބޯޅަ މުބާރާތް އޮތީ މާލޭގެ އޯޓީޕީ ރެސްޓޯރަންޓުގައި މި މަހު 12 އަދި 13ގަ އެވެ.
ތަފްސީލް - އެ މުބާރާތުގެ އެއް ވަނަ ހޯދުމަށް 70އަށް ވުރެ ގިނަ ކުޅުންތެރިން ހިމެނޭ ގޮތަށް ޖުމްލަ 12 ޓީމެއް ވަނީ ވާދަވެރި ކުޅުމެއް ދައްކާފަ އެވެ. އެގޮތުން:
އެއް ވަނަ - ތާސްޑޭ ކްލަބް؛ 7،500ރ. އާއި ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް 5ޖީ އެއާފައިބާ
ދެ ވަނަ - ވޮރިއާސް ޕީއެޗް؛ 4،500ރ.
ތިން ވަނަ - މަލިގްނޯ ޓީމް؛ 3000ރ.
އުރީދޫން ބުނި ގޮތުގައި، އެ މުބާރާތް ބޭއްވީ ރާއްޖޭގައި ދިރިއުޅޭ ފިލިޕީންސްގެ މުޖުތަމައުގެ ތެރޭގައި އެއްބައިވަންތަކަމާއި ހުނަރުވެރިކަމާއި ސަގާފީ ކަންކަން ފާހަގަކުރުމުގެ ގޮތުންނެވެ.
އުރީދޫން ފިލިޕީންސްގެ މިނިވަން ދުވަހު ފޯރިގަދަ އޮންލައިން ބާސްކެޓް މުބާރާތެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ