މާލެ ސަރަހައްދުގެ ބައެއް މިސްކިތްތަކުގައި ނޮވިލޯން އެޅުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.
އެގޮތުން 10 މިސްކިތެއްގައި ނޮވިލޯން އެޅުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.
މިއަދު މަސްޖިދުލް ޝަހީދު އަލީގައި ނޮވިލޯން އެޅުމުގެ މަސައްކަތް ކައުންސިލުން ވަނީ ކޮށްފައެވެ.
މާލެ ސިޓީ ކައުންސިލުން މަސްޖިދުލް ޝަހީދް އަލީގައި ނޮވިލޯން އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ. މާލެ ސަރަޙައްދުގައި ހުރި 10 މިސްކިތެއްގައި ނޮވިލޯން އެޅުމަށް ވަނީ ހަމަޖެހިފައި. pic.twitter.com/lb23RmoCHI
— Male' City Council (@MaleCitymv) September 26, 2022
ސިޓީ ކައުންސިލުން ހުޅުމާލޭގައި އިމާރާތްކުރި ފުރަތަމަ މިސްކިތް އަދި އެ ތަނުގެ އެންމެ ބޮޑު މިސްކިތުގައިވެސް ވަނީ ނޮވިލޯން އަޅާފައެވެ.
މިސްކިތްތައް މަރާމާތުކޮށް، ރީއްޗަށް ބެހެއްޓުމަށް މާލެ ސިޓީ ކައުންސިލުން ހާއްސަ އިސްކަމެއް ދެއެވެ. އެގޮތުން މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތު ކުރުމަށް، ސިޓީ ކައުންސިލުން ވަނީ އާއްމުންގެ އެހީތެރިކަންވެސް ހޯދައިފައެެވެ.
މާލެ ސިޓީ ކައުންސިލުން ޝަހީދު އަލީ މިސްކިތުގައި ނޮވިލޯން އަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ