ހިތުން ކިތަންމެ ބޮޑަށް ލޯބިވިނަމަވެސް ކައިވެނީގެކުރިން އެކަން ގުނަވަންތަކުން ދައްކާނަމަ ދެދުނިޔޭގަވެސް ޖެހޭނީ ކަރުނައަޅަން! ގިނަ އަންހެނުން ނިކަމެތިވަނީ އެކަމަށް ސަމާލުކަން ނުދެވޭތީ!

މިހާރަކަށް އައިސް ކައިވެނި ރޫޅުމުގެ މައްސަލަތައް ކުރިމަތިވުން ގިނަވެ އެކަކަށް، ޚާއްޞަކޮށް ގިނަ އަންހެނުންނަށް ހިތާމަތައް ކުރިމަތިވަނީ ވިސްނައިނުލެވޭތީއެވެ. ލޯބިވެރިޔާ އާއި އަވަހަށް ކައިވެނިކުރުމުގެ ދަހިވެތިކަމުގައި ތިމާގެ ޢިއްފަތްތެރިކަން ކައިވެނީގެ ބޭރުން ޤުރްބާންކުރާތީއެވެ. އެއިގެ އަގު ވަޒަންނުކޮށް އެއީ އެއްވެސް އެއްޗެއް ނޫންކަމަށް ބަލައި ދޫކޮށްލާތީއެވެ. 
ލޯބިވާށެވެ! ނަމަވެސް ކައިވެނީގެ ކުރިން ލޯބިވުން ބާއްވަންވާނީ ހަމައެކަނި ހިތުގައެވެ. އެއީ ހިތާއި ގުނަވަންތަކުން ކުރާ ކަމަކަށް ހަދަންވާނީ ކައިވެންޏަށްފަހުގައެވެ. ލޯބިވެއްޖެނަމަ އޮތީ ކައިވެނި އަވަސްކުރުމެވެ. ކައިވެނި އަވަސްކުރަން ބޭނުންކަން ހާމަކުރަންވީ ދުލުނުންނެވެ. ކިންސީ ގުނަވަންތަކަކުން ނޫނެވެ. 
އަބަދުވެސް ހަނދާނުގައި ބާއްވަންވީ ދުލާއި ޖިންސީ ގުނަވަން ޙިމާޔަތްކޮށް ރައްކައުތެރިކޮށްފި މީހަކު ސުވަރުގެ ވެއްދެވުމަށް ތިމަން ރަސޫލާ ﷺ ޖާމިނުވެވަޑައިގަންނަވާނެކަމަށް ކުރައްވަވާފައި އޮތް ޙަދީޘްފުޅެވެ. ޤަބޫލުކުރަންވީ ޖިންސީ ގިނަވަން ހުއްދަނޫން ގޮތުގައި ބޭނުންކޮށްފިނަމަ މމި ޙަދީޘްފުޅުން ލިބެން އޮތް ނިޢްމަތް ތިމާއަށް ގެއްލިގެންދާނެކަމެވެ. 
ވީމާ ކައިވެނި ރޫޅުނު ނަމަވެސް މިޙަދީޘްފުޅުގައިވާ ބޮޑު ރަޙްމަތް ލިބުމަށް ޝައުޤުވެރިވާންވާނެއެވެ! ދުނިޔެއަށް ފޮނުއްވުނު މަޤްޞަދަކީވެސް ސުވަރުގެ ހޯދަން މަސައްކަތްކުރުމެވެ. ވީމާ އެކަމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް އަންހެނަކުވިޔަސް ފިރިހެނަކުވިޔަސްކޮށްގެން ނުވާނެއެވެ. 
އަދި ކީއްހެއްޔެވެ؟ ލޯބިވެރިޔާ ގެއްލިގެން ހިތާމަކުރަންޖެހޭ އަންހެނުންގެ 90 އިންސައްތަ އަންހެނުންނަކީ ލޯބީގެ މަސްތުގައި އެކަނބަލުންގެ ޢިއްފަތްތެރިކަން ޤުރްބާންކޮށްފައިވާ އަންހެނުންކަން ފާހަގަކުރެވެއެވެ. 
ކޮންމެ ކަމެއް ޙާޞިލްކުރަންވެސް ގަދައަޅައި މަސައްކަތްކުރާށެވެ! ނަމަވެސް ނަތީޖާއަށް ފުންމައި ނުގަންނާށެވެ! ކެތްތެރިވެލާށެވެ! ކޮންމެ ކަމެއްވެސް ހިންމަވައި ދެއްވަވާނީ އެކަމަކަށް އޮތް އެންމެ ރަނގަޅު ވަގުތުގައިކަން ޔަޤީންކުރާށެވެ. 
މިއީ ކީރިތި ޤުރްއާނުންނާއި ނަބަވީ އިރުޝާދުން، ޙަދީޘްފުޅުތަކުން ފެންނަން އޮތް މަގެވެ. ޢިލްމްވެރިން މިފަދަ ބަސްފުޅުތައް ވިދާޅުވަނީ އެސަބަބަށްޓަކައެވެ.
މިފަދަ ބަސްތައް ބުނެވެނީ ހަމައެކަނި ދިރިއުޅަށް ކުރާ މަސައްކަތުގައެއް ނޫނެވެ. ކައިވެނިކުރަން ކުރާ މަސައްކަތުގައިވެސް އޮތީ ހަމަ މިއުޞޫލެވެ. ހަމަ މިގޮތެވެ! 
ދުޢާއަކީ އަހަރެމެންނަނަކީ ކުރާ ކޮންމެ ކަމަކީވެސް ސުވަރުގެ ލިބުން އެދިގެން ކުރާ މަސައްކަތެއްކަމުގައި ލެއްވެވުމެވެ.! އާމީން
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ