ދަރުމަވަންތަ މަނަވަރު ބާވެ ހަލާކުވެފައި؛ ގެނައި ފަހުން އެންމެ ދަތުރެއް ވެސް ނުކުރޭ! ދަރުމަވަންތަ މަނަވަރު ބާވެ ހަލާކުވެފައި؛ ގެނައި ފަހުން އެންމެ ދަތުރެއް ވެސް ނުކުރޭ!

ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމުގެ ނަމުގައި ތުރުކީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި މިސައިލް ފޮނުވުމުގެ ގާބިލުކަން ލިބިފައިވާ "ދަރުމަވަންތަ" މަނަވަރުގެ ހަގީގީ ހާލަތު ސަރުކާރުން ހާމަކުރި ގޮތާ މުޅިން ތަފާތުކަން އެނގިއްޖެ އެވެ.
މި މަނަވަރަކީ އިންޑިއާ ކަނޑުގެ ރައްކާތެރިކަން ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރި ނަމަވެސް، "އަދަދު" އަށް ކަށަވަރުވެފައިވާ ގޮތުގައި މަނަވަރު އޮތީ ވަރަށް ބާވެ، ބޮޑެތި މަރާމާތުތަކެއް ކުރަންޖެހިފަ އެވެ.
މިދިޔަ ނޮވެމްބަރު މަހު އޮތް ޖުމްހޫރީ ދުވަހުގެ ހެވިކަމުގެ ތެރެއިން މަނަވަރު ދައްކާލުން ފިޔަވައި، އޮޕަރޭޝަނެއްގައި ނުވަތަ ދަތުރެއްގައި މި މަނަވަރު ބޭނުންކޮށްފައި ނުވާކަން މައުލޫމާތު އެނގޭ މީހުން ކަށަވަރުކޮށް ދިނެވެ.
އުޅަނދު ބޭނުން ނުކުރެވޭ މައިގަނޑު ސަބަބަކީ މުހިންމު އާލާތްތައް ހަލާކުވެފައި ހުރުމެވެ. އޭގެތެރޭގައި އެއް އިންޖީނާއި ޖަނަރޭޓަރުތައް އަދި ބަންކަރިން ޓޭންކުތައް ހިމެނެ އެވެ.
"މިފަދަ މައްސަލަތައް ހުރެގެން ގެނައި ގޮތަށް ހުޅުމާލޭގައި އަޅާފައި އެ އޮންނަނީ. އަދި ހަމައެކަނި ކުރަންޖެހިފައިވާ މަސައްކަތަކީ އުޅަނދު މަރާމާތުކުރުން،" އަދަދު ނޫހާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މި މަރާމާތުތަކަށް ބޮޑު ހަރަދެއް ހިނގާނެ ކަމަށްވެ އެވެ.
މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ބަހެއް ނުލިބުނެވެ.
މި މަނަވަރަކީ 1981 ވަނަ އަހަރުގެ މެއި މަހު ތުރުކީގެ އަސްކަރިއްޔާގައި ބޭނުންކުރަން ފެށި، އުމުރުން 44 އަހަރު ވެފައިވާ އުޅަނދެކެވެ. "ޓީސީޖީ ވޮލްކަން" (ޑޯގަން ކްލާސް) ގެ ނަމުން ނަން ދީފައިވާ މި މަނަވަރު ރާއްޖެއަށް ހަދިޔާކުރުމުގެ ކުރިން، މި އަހަރުގެ މާޗު މަހުގެ ތެރޭގައި ތުރުކީން ވަނީ އެ އުޅަނދު ރީ-ކްލެސިފައިކޮށް، ހަމައެކަނި ތަމްރީނުތަކަށް ބޭނުންކުރާ އުޅަނދެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ.
މަނަވަރު ހިލޭ ލިބުނު ނަމަވެސް، މިސައިލްތަކެއް ތުރުކީ ސަރުކާރުން ފޯރުކޮށްދީފައެއް ނުވެ އެވެ. އެހެންވެ، ދިވެހި ސަރުކާރުން ޖެހެނީ އެތަކެތި ގަންނާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ