އަންހެނުންގެ ސިއްހީ ދުޅަހެޔޮކަމަށް، ހާއްސަކޮށް މައްސަރު ދުވަސްވަރު ގެންގުޅޭ އާދަތަކަކީ ޖިންސީ އަދި ނަފުސާނީ ދުޅަހެޔޮ ކަމާ ސީދާ ގުޅިފައިވާ ކަމެއް ކަމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވަ އެވެ. ރާއްޖޭގެ ބާޒާރުގައި ލިބެން ހުރި ބައެއް ޕެޑް އަގުހެޔޮ ވެގެން ގަތަސް، ހަރުތަކުގައި ފެންވަރު ދަށް ޕެޑް ހުރުމަކީ ގަބޫލުކުރަން ބޭނުން ނުވިޔަސް ހަގީގަތެކެވެ. ނަމަވެސް، ޖަޕާނުގެ "ލޯރިއާ" ފަދަ ފެންވަރު ރަނގަޅު ބްރޭންޑްތަކުން އަންހެނުންގެ ސިއްހަތަށް ބޮޑު އިސްކަމެއް ދީފައިވެ އެވެ.
ސިއްހީ މާހިރުން ބުނާ ގޮތުގައި، ދަށް ފެންވަރުގެ ޕެޑު ބޭނުންކުރުމުން ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ބެކްޓީރިއާ އާއި ފަންގަސް އުފެދުމެވެ. ފެންވަރު ރަނގަޅު ޕެޑުތަކުގައި ހިމެނޭ "ކުއިކް އެބްސޯބް" ޓެކްނޮލޮޖީގެ ސަބަބުން، ހަންގަނޑުގެ މަތީ ފަށަލަ އަބަދުވެސް ހިކިކޮށް ބަހައްޓައިދެއެވެ. މީގެ ސަބަބުން ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތަކާއި އެ ނޫންވެސް އިންފެކްޝަންތަކުން ރައްކާތެރިކޮށްދެއެވެ.
ރާއްޖެ ފަދަ ހޫނު މާހައުލެއްގައި، ވައި ދައުރުނުވާ ފަދަ ޕެޑު ބޭނުންކުރުމަކީ ވެސް މުހިއްމު ކަމެކެވެ. އޭރުން ލޯރިއާގެ "އަލްޓްރާ ޖެންޓްލް" ސީރީޒް ފަދަ އުފެއްދުންތަކަކީ ހަމަށް އެންމެ ލުއި، ވައި ދައުރުވާނޭހެން ފަރުމާކޮށްފައިވާ އުފެއްދުމެކެވެ. މިއީ ހަންގަނޑު ކަޅުވުމާއި، ހިރުވުން ފަދަ އުނދަގޫތަކުން ސަލާމަތްކޮށްދޭ ކަމެކެވެ.
ޖަޕާނުގެ ކާއޯ ލެބޯރަޓްރީން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި، މައްސަރު ދުވަސްވަރު ހޫނުމިން މަތިވުމަކީ އުނދަގޫތަކާއި ސިއްހީ މައްސަލަތައް ކުރިމަތިވާ ކަމެކެވެ. މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ވައި ދައުރުވާ ފަދަ ޕެޑެވެ.
ސިއްހީ ދުޅަހެޔޮކަމުގެ ތެރޭގައި ނަފުސާނީ ދުޅަހެޔޮކަންވެސް ހިމެނެއެވެ. ލީކުވެދާނެތީ ނުވަތަ ނުބައި ވަސް ދުވެފާނެތީ ކުރެވޭ ބިރު ނައްތާލުމަށް ވެސް ފެންވަރު ރަނގަޅު ޕެޑެއްގެ ދައުރު ބޮޑެވެ. ލޯރިއާގެ ސުޕަ ސްލިމްގާޑު ފަދަ ތުނި، އެކަމަކު ތެއްކަން ދަމައިގަންނަ ޕެޑުތަކުގެ ސަބަބުން، އޮފީސް މާހައުލުގައާއި އާންމު އިޖުތިމާއީ ކަންކަމުގައި އެއްވެސް ޖެހިލުމެއްނެތި އުޅުމުގެ ފުރުސަތު ލިބެއެވެ.
ޒަމާނީ ޓެކްނޮލޮޖީއާއެކު ޖަޕާނުން އުފައްދާފައިވާ ލޯރިއޭ އަކީ ދިވެހި އަންހެނުންގެ މެދުގައި އިތުބާރު ހޯދާފައިވާ، ހިތްހަމަޖެހުމާއެކު މިނިވަންކަމުގައި އުޅުމުގެ ފުރުސަތު ހޯދައިދޭ އުފެއްދުމެކެވެ. ސިންގަޕޫރުގައި ވެސް އެންމެ މަގުބޫލު ލޯރިއާގެ އުފެއްދުންތައް މާކެޓުކޮށް ޑިސްޓްރިބިއުޓު ކުރަނީ ވެސްޓްރޭޑްގެ އައިޑިއާ ފިހާރައިންނެވެ.
މާލޭގައި އައިޑިއާގެ ދެ ފިހާރަ ހުރެ އެވެ. އަދި ހުޅުމާލޭގައި ވެސް ފިހާރައެއް ހުރެ އެވެ.
ސިއްހީ ރައްކާތެރި ކަމަށް ސެނިޓަރީ ޕެޑުގެ ދައުރު ސިއްހީ ރައްކާތެރި ކަމަށް ސެނިޓަރީ ޕެޑުގެ ދައުރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ