ވިހައެއް ދިނުމަށްފަހު ހުޅުދޫ ޑަކު ޕާކުގައި ހުރި އަސްދޫންޏާއި ދޫންޏާއި މަސްތައް މަރާލިކަމުގެ ތުހުމަތު ވިހައެއް ދިނުމަށްފަހު ހުޅުދޫ ޑަކު ޕާކުގައި ހުރި އަސްދޫންޏާއި ދޫންޏާއި މަސްތައް މަރާލިކަމުގެ ތުހުމަތު

އައްޑޫ ސިޓީ ހުޅުދޫ ޑަކު ޕާކުގައި ހުރި ދިރުންތައް ބަޔަކު މަރާލި ކަމަށް ތުހުމަތު ކުރެވިގެން އެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅައިފި އެވެ.
ހުޅުދޫ ކައުންސިލަރު، ހުސައިން ފާއިޒް އަދަދު އަށް ވިދާޅުވީ ޑަކު ޕާކްގައި ހުރި ދިރޭ އެއްޗިއްސަށް ބަޔަކު އެއްޗެއް ކާންދީގެން މަރައިލީ ކަމަށް ބެލެވޭ ކަމަށެވެ. އޭގެ ސަބަބުން އަސްދޫންޏާއި ދޫންޏާއި ގިނަ އަދަދެއްގެ މަސް މަރުވެފައިވާ ކަމަށް އޭނާ ބުންޏެވެ.
އަސްދޫނިތަކުގެ ތެރެއިން ސަލާމަތްވީ އެންމެ އަސްދޫންޏެވެ.
"ސީދާ ސަބަބު އަޅުގަނޑުމެންނަކަށް ނުއެއް އެނގޭ. އެކަމަކު ބޮޑަށް ހީވަނީ ކޮންމެވެސް އެ އެއްޗިއްސަށް އެއްޗެއް އަޅައިގެން ކާންދީފައި. ނޫނީ ފެންގަނޑަށް އެއްޗެއް އަޅައިގެން ވެފައި އިން ގޮތެކޭ. އެތާ ހުރި ހުރިހާ އަސްދޫންޏެއްހެން މަރުވީ. އެންމެ އެއްޗެއް ބާކީ އިނީ. އޭތިވެސް ބަލި،" އޭނާ ވިދާޅުވި އެވެ.
ފާއިޒް ވިދާޅުވީ، ޕާކުގައި ދިރިއުޅުނު ދިރޭތަކެތި މަރުވާން ފެށީ މީގެ ދެ ދުވަސް ކުރިން ފެށިގެން ކަމަށެވެ.
ރަށުގެ ރައްޔިތުންނާ ގުޅިގެން ހުޅުދޫ ޑަކް ޕާކް ހިމެނޭ ސަރަހައްދު ސާފުކޮށް، އަނެއްކާވެސް އެތަނަށް އަސްދޫނިތައް ގެނެސް ރަށުގެ ރީތިކަން ދެއްކުމަށް މަސައްކަތް ކުރަމުންދާނެ ކަމަށް ފާއިޒް ވިދާޅުވި އެވެ.
ޖުމްލަ އަށް އަސްދޫނި ހުޅުދޫ ޑަކް ޕާކްގައި ގެންގުޅުނެވެ. އޭގެ ތެރެއިން އެންމެ އަސްދޫންޏެއް ބާކީ ހުރިއިރު، އެ އަސްދޫނި ވެސް ބަލިކޮށް އުޅޭތީ ސަލާމަތްވާނެ ކަމުގެ އުންމީދެއް ނެތެވެ.
ހުޅުދޫ ޑަކް ޕާކަކީ އެ ރަށު ކައުންސިލުގެ އިތުރުން ވަކިން ހާއްސަކޮށް އެ ރަށުގެ ރައްޔިތުން ހަރަދުކޮށްގެން ތަރައްގީކޮށްފައިވާ ތަނެކެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން ހުޅުވި ހުޅުދޫ ޑަކް ޕާކަށް ދުވާލެއްގެ މައްޗަށް 50 އެއްހާ މީހުން ޒިޔާރަތް ކުރެ އެވެ. އޭގެއިތުރުން ހަފްތާ ބަންދުތަކުގައި އަދި ސްކޫލް ޗުއްޓީތަކުގައި 200 އަށްވުރެ ގިނަ މީހުން ވެސް ޒިޔާރަތްކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ