ގާސިމަށް ކުރާ ގޯނާ ހުއްޓާލަން ނަޝީދު ގޮވާލުމުން އުމަރު ކޯފާވެއްޖެ!

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އަށް "ސަރުކާރުން ކުރާ ގޯނާ" ހުއްޓާލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލުމުން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އެކަމާއި ކޯފާވެ ފާޑުވިދާޅުވެއްޖެއެވެ.
ޤާނޫނާއި ހިލާފަށް ގާސިމަށް ކުރާ އަނިޔާ ހުއްޓާލަން ރައީސް ނަޝީދު ގޮވާލެއްވި ކަމަށް ބުނެ ގެނެސްދީފައިވާ ޚަބަރެއް ޓްވީޓް ކުރައްވަމުން އުމަރު ލިޔުއްވާފައި ވަނީ "ކިނބޫ ކަރުނަ އަޅަނީ" ކަމަށެވެ.
ކިނބޫ ކަރުނައެޅުމަކީ އިނގިރޭސި ހަރުބަހެކެވެ. އެހަރުބަހުގެ މާނައަކީ މީހަކަށް ދެރައެއް ލިބުމުން އެކަމުގައި ބައިވެރިވާކަމަށް އަމަލުން ދެއްކި ނަމަވެސް ހަޤީޤަތުގައި އެކަމާއި އުފާވެފައި ހުރުމެވެ.
އެހެންކަމުން އުމަރު ސިފަކުރައްވާ ގޮތުގައި ގާސިމް އަށް ކުރިމަތިވަމުންދާ ކަންތައްތަކާއި ގުޅިގެން ހިތާމަފާޅުކޮށް ރައީސް ނަޝީދު އެކަންކަން ކުށްވެރި ކުރެއްވި ނަމަވެސް ހަޤީޤަތުގައި ރައީސް ނަޝީދު ގެންދަވަނީ އެކަމާއި އުފާކުރައްވަމުންނެވެ.
ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް އިދިކޮޅު ހުރިހާ ފަރާތްތަކަކުން ގުޅިގެން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެހަރަކާތްތަކުގެ ތެރެއިން އުމަރެއް ނުފެނެއެވެ. ނަމަވެސް ދޭތެރެދޭތެރެއިން ގާސިމް އަށް ތާއިދުކޮށް އަދި ރައީސް ޔާމީން އަށް ފާޑުވިދާޅުވެ އުމަރު ޓްވީޓް ކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ