މައުމޫން ޕީޕީއެމްއިން ވަކިކުރުމާއި މެދު މިރޭ ގޮތެއް ނިންމަނީ

ޕީޕީއެމްގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް އެޕާޓީން ވަކިކުރުމާއި މެދު މިރޭ ގޮތެއް ނިންމަވާނެކަމަށް ޕީޕީއެމްގެ ރައީސް ޔަމީން ފެކްޝަނުގެ ސުލޫކީ ކޮމެޓީން ބުނެފިއެވެ.
ސުލޫކީ ކޮމެޓީގެ މުގައްރަރު އަލީ ވަހީދު ވިދާޅުވީ ރައީސް މައުމޫން އާއި ގުޅޭ ގޮތުން ޕާޓީގެ ސުލޫކީ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލަ އާއި ގުޅޭ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމާފައިވާ ކަމަށެވެ.
މައުމޫން އާއި ގުޅޭ ގޮތުން ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައަށް ޖަވާބުދާރީ ވުމަށް ރައީސް މައުމޫން މިރޭ ވަޑައިގަތުމަށް ވަނީ އަންގަވާފައެވެ.
އަލީ ވަހީދު ވިދާޅުވީ މައުމޫން ނުވަތަ މައުމޫންގެ ފަރާތްޕުޅުން ބޭފުޅަކު ޖަވާބުދާރީވުމަށް ވަޑައިނުގެންފިނަމަ ގައިރު ހާޒިރުގައި އެ މައްސަލަ ނިންމާނެކަމަށެވެ.
މައުމޫން ޕީޕީއެމްއިން ވަކިކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން އެމަނިކުފާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް ދަރުބާރުގެ ފެކްޝަނަަކަށް އެމަނިކުފާން ބޭރުކުރުމުގެ ހައްގެއް ލިބިގެން ނުވާކަމަށެވެ.
މައުމޫން ޕީޕީއެމްއިން ބޭރުކުރުމަށް ރައީސް ޔާމީން ފެކްޝަންގެ ޕީޕީއެމް ކައުންސިލްގެ އިއްތިފާގުން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ