ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑީގެ މައްސަލާގައި އެޓާނީ ޖެނަރަލް ހުށަހެޅުއްވި ދުސްތޫރީ މައްސަލާގެ އަޑުއެހުމެއް ސުޕްރީމް ކޯޓުން ތާވަލްކޮށްފި އެވެ. އަޑުއެހުން ތާވަލްކޮށްފައިވަނީ އަންނަ އަންގާރަ ދުވަހަށެވެ.
ގޮނޑީގެ މައްސަލާގައި އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން އެކެއް ފެބުރުއަރީގައި ނިންމެވި އެވެ. ނަމަވެސް އެ އަމުރާ ހިތްހަމަ ނުޖެހިގެން އޭޖީ ވަނީ ދުސްތޫރީ މައްސަލައެއް ވައްދާފަ އެވެ.
އެ މައްސަލާގައި ގޮތެއް ނިންމެންދެން މެންބަރުން މަޖިލީހަށް ނުވައްދަން ވަގުތީ އަމުރެއް ވަނީ ނެރެފަ އެވެ. އެ އަމުރު ނެރުއްވީ ތިން ފަނޑިޔާރުންނެވެ.
ސުޕްރީމް ކޯޓްގެ ފުލް ބެންޗް ކަމަށްވާ ފަސް ފަނޑިޔާރުންގެ އިއްތިފާގުން 1 ފެބުރުއަރީގައި ނެރެފައިވާ އެ ހުކުމުގައިވާ މެންބަރުންގެ ގޮނޑީގެ މައްސަލައިގެ ކޮށްފައިވާ އަމުރަށް އަމަލު ކުރުން މަޑު ޖައްސާލަން އެ ބެންޗްގެ ތިން ފަނޑިޔާރުން ނެރުނު އަމުރުގައި ވަނީ 12 މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށާއި އެ މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިކުރަން ޖެހޭނެ ކަމަށް 1 ފެބުރުއަރީގެ ސުޕްރީމް ކޯޓްގައި އަމުރުގައި ބުނެފައިވާ ބައި ބާތިލްކޮށްދޭން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އެ ކޯޓަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
އެ އަމުރާ މެދު އަމަލު ކުރާނެ ވަކި ގޮތެއް އެ ކޯޓުން އަންގާނީ އޭޖީ ހުށަހެޅުއްވި މައްސަލަ ބެއްލެވުމަށް ފަހު ކަމަށް ވެސް ތިން ފަނޑިޔާރުންގެ އަމުރުގައިވެ އެވެ.
ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ތާވަލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ