އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރު އަދުހަމް ހައްޔަރު ކޮށްފި

އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު އަދުހަމް ހައްޔަރު ކޮށްފި އެވެ. 
އެމްޑީޕީގެ ސެކެރެޓޭރިއޭޓްގެ އޮފީހުން ބުނީ އަދުހަމް ހައްޔަރު ކޮށްފައިވަނީ ހުކުރު ދުވަހު ދޭއް ޖަހާ އެހާކަންހާއިރު އެމްޑީޕީގެ ހަރަކާތްތައް ހިންގަމުން އަންނަ އެޕާޓީގެ މައި ހަރުގެ އިންނެވެ.
އާޓިފިޝަލް ބީޗް ކައިރީގައި ހުންނަ އެ ހަރުގޭ ސަރަހައްދުން އަދުހަމް ހައްޔަރުކޮށްފައި މިވަނީ ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ބޭއްވުމަށް ނިންމާފައިވާ ބޮޑު އެއްވުމަށް ތައްޔާރުވަމުގެ ގޮތުން ބާއްވާ "ވޯމްއަޕް" ހަރަކާތް ހުކުރު ދުވަހު ހަވީރު އެސަރަހައްދުގައި ބޭއްވުމުގެ ތައްޔާރީތައް ވަމުން ދަނިކޮށެވެ.
The MDP calls for the immediate release of MDP's National Council Member @AhmedAdhuham who was arrested outside MDP's campaign centre Haruge a short while ago. pic.twitter.com/y39AX1TftS
 
އެމްޑީޕީން ވަނީ ވަގުތުން އަދުހަމް ދޫކޮށްލުމަށް ގޮވާލާފަ އެވެ.
އަދުހަމް ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމަތު ފުލުހުންގެ ފަރާތުން ވަނީ ލިބޭގޮތް ނުވެފަ އެވެ.
ހުކުރު ދުވަހު މެންދުރުފަހު އަދުހަމް ހައްޔަރު ކޮށްފައިވާއިރު، އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ އިސް ބައެއް ފަރާތްތަކަށް ޓާގެޓްކޮށް އެ މީހުން ހައްޔަރު ކުރަމުންދާކަން ވަނީ ފާހަގަ ކުރެވިފަ އެވެ. 
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ