މެމްބަރު އަލީ ހުސައިން ދޫކޮށްލައިފި

ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ބ. ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ދޫކޮށްލައިފިއެވެ. އަލީ ހުސައިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ޗާންދަނީމަގު-މަޖީދީމަގު ޖަންކްޝަން ކައިރިންނެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފައި ވަނީ ރޭ ކުރި މުޒާހަރާ ނިމުނުތަނާހެންނެވެ. އަލީ ހުސައިން ދޫކޮށްލީ ފުލުހުންގެ ބެލުމުގެ ދަށުގައި ގިނަ ގަޑިއިރުތަކެއް ވަންދެން ބެހެއްޓުމަށްފަހުއެވެ. ރޭ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާ ފަށާފައިވަނީ އެމްޑީޕީ ހަރުގެ ކައިރިންނެވެ. މުޒާހަރާ ކުރިއަށްދިޔައިރު މުޒާހަރާ ރޫޅާލަން ފުލުހުން ވަނީ މަސައްކަތް ކޮށްފައެވެ. މެންދަމު ބާރަ ޖެހުމުން ޕެޕާ ސްޕްރޭ ޖެހުމަށްފަހު މުޒާހަރާ ވަނީ ރޫޅާލައިފައެވެ. ހުކުރު ދުވަހުގެރޭ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ތެރެއިންވެސް މަޖިލީހުގެ ބައެއް މެންބަރުން ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް ފަހުން ވަނީ އެބޭފުޅުން ދޫކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ