އެމްޑީޕީގައި ހަމަސް ނުވާ މެމްބަރުންނަށް ޕާޓީގެ އިންތިހާބުތަކުގައި ވާދަ ނުކުރެވޭ ގޮތް ހަދަނީ
އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ހަ މަސް ނުވާ މެމްބަރުންނަށް ޕާޓީގެ އެތެރޭގެ އިންތިހާބު ތަކުގައި ވާދަ ނުކުރެވޭ ގޮތް ހަދައި ދިނުމަށް އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހަޅަން ގަރާރެއް ފާސްކޮށްފި އެވެ. އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ކޮންގްރެސްގައި މިއަދު ނައިފަރު ފޯކަލް ޕޮއިންޓުން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބު ތަކުގައި ބައިވެރިވެވޭނީ އެ އިންތިހާބު އޮންނަ ތާރީހުގެ ހަމަސް ކުރިން ޕާޓީގެ މެމްބަރަކަށް ވުމުން ކަމަށް ކަނޑައަޅަން ޖެހޭ ކަމަށެވެ. އެހެންވެ އެގޮތަށް ކަނޑައަޅައި ދިނުމަށް އެދި އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުމަށް މިއަދު ވަނީ އެ ގަރާރު ފާސްކޮށްފަ އެވެ. ޒުވާންވެރިންގެ ނަމުގައި ބޭއްވި އެ ކޮންގްރެސްގައި ބައިވެރިވި ގިނަ މެމްބަރުން ވަނީ އެ ގަރާރަށް ވޯޓު ދީފަ އެވެ. އެމްޑީޕީ ޒުވާނުންގެ ކޮންގްރެސްގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް ޕްރައިމަރީތަކާ ދިމާކޮށް އަދި އިންތިހާބުތަކާ ދިމާކޮށް މެމްބަރުން އެމްޑީޕީއަށް ވަންނަ މައްސަލައަކީ އެމްޑީޕީގައި ގިނަ ދުވަސްވީ މެމްބަރުން ޖައްސާ މައްސަލަ އެކެވެ. ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް އެކަމުގެ ޝަކުވާ އޮތީ ބޮޑުވެފަ އެވެ. އެއީ އިންތިހާބު ތަކުގައި ވާދަ ކުރުމަށް މެމްބަރުން ޕާޓީއަށް ސޮއިކުރާތީ އެވެ. އަދި ޕްރައިމެރީ ތަކުގައި ހަމަ އެކަނި ވޯޓުލުމަށް މެމްބަރުން ޕާޓީއަށް ވެއްދުމަކީ ވެސް އެމްޑީޕީގެ މެމްބަރުންގެ ކަންބޮޑުވުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ