ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޑްރަގު ކޯޓުން ޝަރީއަތް ކުރަނީ
ޑްރަގް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރީއަތްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ޤަވައިދެއް އެކުލަވާލައިފާ ވާކަމަށް އެ ކޯޓުން ހާމަކޮށްފިއެވެ. މިކަމާ ގުޅޭގޮތުން ޑްރަގް ކޯޓުން މީޑިއާގައި ބުނެފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ކުރިއަށް ގެންދަން ނިންމާފައިވަނީ އެކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ގިނަ އަދަދެއްގެ މީހުންނަކީ ޖިނާއީ ކުށް ކުށުގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ކ.މާފުށީ ޖަލުގައި ތިބޭ ބަޔަކަށްވާތީ އާއި އެފަދަ މީހުން ޑްރަގް ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ ކަމަށެވެ.މީގެ އިތުރުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ހިންގުމުގެ ސަބަބުން މާފުށީ ޖަލުގައި ތިބޭ ގައިދީން ޑްރަގް ކޯޓަށް ހާޒިރުކުރުން ނިމުމަކަށް އަންނާނެ ކަމަށާ މިކަމުގެ ސަބަބުން ޑްރަގް ކޯޓުގެ ބަޖެޓުން މާފުއްޓަށް ކުރާ ދަތުރުތަކުގެ ޚަރަދާއި، މާފުށީ ޖަލުން ޑްރަގް ކޯޓަށް މީހުން ހާޒިރުކުރުމުގައި އެކި އިދާރާތަކުން ޚަރަދުކުރާ މިންވަރު މަދުވުމުގެ އިތުރުން، ސަލާމަތާއި ރައްކާތެރިކަމުގައި އިތުރު ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށްވެސް ޑްރަގް ކޯޓުން ހާމަކުރެއެވެ.ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއްތް ކުރިއަށް ގެންދިއުމަށް ޤަވައިދެއް އެކުލަވާލައިފާފައި ވަނީ މަސްތުވާތަކެއްޗާއިބެހޭ ޤާނޫނުގެ 41 ވަނަ މާއްދާގެ (ނ) ގެ ދަށުން ޑްރަގް ކޯޓުގެ ފަނޑިޔާރުންނަށް ލިބިގެންވާ ބާރުގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ