ޖުނެއިދު އެމްޑީޕީއަށް ސޮއިކޮށްފި

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި މުހައްމަދު ޖުނެއިދު އެމްޑީޕީ އަށް ސޮއިކުރައްވައިފިއެވެ.
ޖުނެއިދު އެމްޑީޕީއަށް ސޮއި ކުރެއްވިކަން ހާމަކުރެއްވީ މީދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ އިމާދު ސޯލިހުއެވެ.
އިމާދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖުނެއިދު އެމްޑީޕީ އަށް ސޮއިކުރެއްވީ އޭނާ އަށް ޕްރައިމަރީ ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަށް ކަމަށާއި ޖުނެއިދު ގުޅުމާއެކު ކެމްޕެއިން ޓީމަށް އިތުރު ހިތްވަރެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.
ކަސްޓަމްސްގެ ވެރިޔާގެ މަގާމު ޖުނެއިދު އަށް ދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. ނަމަވެސް ޔާމީންގެ ވެރިކަން ނިމުމުން ވެސް އެ މަގާމުން ޖުނެއިދު އިސްތިއުފާ ދެއްވާފައެއް ނުވެއެވެ.
ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޖުނެއިދު ވަނީ އެމްޕީއެލްގެ ސީއީއޯގެ މަގާމުވެސް މީގެކުރިން އަދާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ