މަސްވެރިކަން ތަރައްގީކުރުމަށް އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތައް: ޝިޔާމް ލައިބާ ހޯދި ކާމިޔާބަކީ ދިވެހި ގައުމަށް ލިބުނު ބޮޑު ފަޚުރެއް: ރައީސް ސަޢޫދީން މިއަހަރު ދިވެހި ޙައްޖާޖީންނަށް އަދާކުރި ފުރިހަމަ މެހެމާންދާރިއަށް ރައީސްގެ ޝުކުރު އަރްމީ

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މި އަހަރުގެ ކުރީކޮޅު މާލެއިން ހައްޔަރުކުރި ތިން މީހެއްގެ ތެރޭގައި ހިމެނޭ މީހެއްގެ މައްޗަށް ޑްރަގް ޓްރެފިކިންގެ ހަތަރު ދައުވާއެއް އުފުލާފައި ވަނިކޮށް، ޓެގް އަޅުވާފައި ދޫކޮށްލަން އެދެން ނިންމާފައިވާ ކަމަށް ކޯޓުގައި ބުނެފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ސ. މަރަދޫފޭދޫ ނަސީމީހިޔާ، އުމުރުން 46 އަހަރުގެ މުހައްމަދު ޝާނީޒެވެ. އޭނާގެ އިތުރުން މ. ސައިރިއަސް، އުމުރުން 39 އަހަރުގެ މުހައްމަދު ތިބާގާއި، ވ. ރަކީދޫ، ޖަންބުގޭ، އުމުރުން 35 އަހަރުގެ ފަރީދާ އަބްދުއްރަހުމާން ވެސް ހައްޔަރުކުރިއެވެ.
ދޮޅު ކިލޯ މަސްތުވާތަކެއްޗާއެކު މި މީހުން ހައްޔަރުކުރީ، ފުލުހުންގެ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޔުނިޓުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މާފަންނުގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމަށްފަހުއެވެ.
މީގެ ތެރެއިން ޝާނީޒުގެ މައްޗަށް ތުހުމަތު ކުރަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، އެ ތަކެތި ޓްރެފިކު ކުރިކަމަށެވެ.
ޝާނީޒްގެ ބަންދުގައި ބަހައްޓައިދޭން އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދުމުން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން ޝާނީޒްގެ މައްޗަށް މިހާރު ވަނީ ހަ ދައުވާއެއް އުފުލައިފައެވެ. އޭގެ ތެރެއިން ހަތަރު ދައުވާ އަކީ ޓްރެފިކިންގެ ދައުވާއެވެ.
ދައުވާ އުފުލާފައި ވިޔަސް މައްސަލަ ބަލާނެ ސެކްޝަނެއް އަދި ކްރިމިނަލް ކޯޓުން ކަނޑައަޅާފައި ނުވާ ކަމަށާއި ޝަރުތުކޮށް ޓެގް އަޅުވާފައި ބަންދުން ދޫކޮށްދިނުމަށް ޝާނީޒްގެ ފަރާތުން އެދެން ބޭނުންވާ ކަމަށް ވަކީލް ފާހަގަކުރިކަމަށް އަމުރުގައިވެ އެވެ.
އަމުރު ނެރުއްވި ގާޒީ އިބްރާހިމް ޒިހުނީ ނިންމެވީ ޝާނީޒް އިތުރު 30 ދުވަހަށް ބަންދުކުރާށެވެ.
ޓެގް އަޅުވާފައި ބަންދުން ދޫކޮށްލަން އެދޭނެ ކަމަށް ޝާނީޒްގެ ފަރާތުން ބުނިކަން އަމުރުގައި ފާހަގަކޮށްފައި ވިޔަސް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ބޮޑެތި މައްސަލަތަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކާއި މަރުގެ މައްސަލަތަކާއި ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންނަކީ ޓެގް އަޅުވާފައި ދޫނުކުރާނެ މީހުން ކަމަށް ޕީޖީ އޮފީހުން ކުރިން ބުނެފައިވެއެވެ.
މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅުމަކީ، އަދި އެ ފަދަ ކަމެއްގައި އެއްވެސް ގޮތަކަށް ބައިވެރިވުމަކީ ވެސް ކުށެކެވެ. ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެއްޗެއް ޓްރެފިކުކޮށްފި ނަމަ، އުމުރު ދުވަހަށް ޖަލަށްލުމާއެކު، 100،000އިން ފެށިގެން 10،000،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެ ފަދަ ކަމެއްގައި ބައިވެރިވެއްޖެނަމަ، 18 އަހަރަށް ޖަލަށްލުމާއެކު 75,000 ރުފިޔާއިން ފެށިގެން 7,500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ