މާނާގައު ރިސޯޓުން ވިލާ ވިއްކަނީ | ފެށޭ އަގު 1.6 މިލިއަން ޑޮލަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 35 މިނެޓްގެ ސީޕްލޭންގައި ދެވޭ ރާސްތާގައި އޮންނަ މާނާގައު ރިސޯޓުގައި ވިއްކާ މި ވިލާތަކުގައި ބީޗް ވިލާތަކާއި ލޭގޫން އަދި އޯވަވޯޓާ ވިލާތައްވެސް ހިމެނެ އެވެ.
ރ. އަތޮޅުގައި ތަރައްގީކޮށްފައިވާ މަތީ ފަންތީގެ ރިސޯޓެއް ކަމަށްވާ އިންޓަކޮންޓިނެންޓަލް މާނާގައު ރިސޯޓުން 1.6 މިލިއަން ޑޮލަރު (25 މިލިއަން ރުފިޔާ) އަށް ވިލާ ވިއްކަން ފަށައިފި އެވެ. 
ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބައެއް ވެބްސައިޓުގައިވާ ގޮތުން އިންޓަކޮންޓިނެންޓަލް ބްރޭންޑުން ތަރައްގީކޮށްފައިވާ މޯލްޑިވްސް މާމުނަގައު ރިސޯޓުން ވަނީ 81 ވިލާ އެއް ވިއްކަން ހުޅުވާލާފަ އެވެ. 
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 35 މިނެޓްގެ ސީޕްލޭންގައި ދެވޭ ރާސްތާގައި އޮންނަ މާނާގައު ރިސޯޓުގައި ވިއްކާ މި ވިލާތަކުގައި ބީޗް ވިލާތަކާއި ލޭގޫން އަދި އޯވަވޯޓާ ވިލާތައްވެސް ހިމެނެ އެވެ. އެ ވިލާތަކުގައި އަމިއްލަ ޓެރެސްތަކާއި ޕޫލްތައް ވެސް ހުރެ އެވެ. 
ބައެއް ވެބްސައިޓްތަކުގައިވާ ގޮތުން މި ވިލާތަކުގެ އަގުތައް ފެށެނީ 1.6 މިލިއަން ޑޮލަރު (25 މިލިއަން ރުފިޔާ) އިންނެވެ. 
މި ރިސޯޓް ތަރައްގީކޮށްފައިވާ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ހަނިފަރު ފަޅު އާއި މާ ދުރުގައި ނޫން ހިސާބެއްގައި އޮންނަ ރިސޯޓެވެ. މިތަނުން ވިލާ ގަންނަ ފަރާތްތަކަށް މި ސަރަހައްދުގެ ކަނޑުގެ ގުދުރަތީ ރީތިކަން ބަލައިލަން ފުރުސަތު ލިބޭނެ އެވެ. އެތަނަނަކީ މިޔަރާއި ބޮޑެތި މަޑި ފެންނަ ސަރަހައްދެކެވެ. 
ރާއްޖޭގެ ރިސޯޓްތަކުގައި ރީތި ވިލާތައް ހަދައިގެން ވިއްކުމަކީ އާއްމު ކަމެކެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ޖޯލިބީން ރިސޯޓުން ވެސް ވިލާ ވިއްކާފަ އެވެ.  "އައިލެންޑް ހޯމްސް" ކޮންސެޕްޓަށް ހަދާފައިވާ މި ވިލާތައް ވިއްކީ 5 މިލިއަން ޑޮލަރަށް (77 މިލިއަން އެމްވީއާރު) އަށެވެ. 
ރިއަލް އެސްޓޭޓް ޓޫރިޒަމްގެ ދަށުން ރާއްޖެއަކީ އިންވެސްޓަރުންގެ މެދުގައި އެންމެ މަގުބޫލު އެއް ގައުމެވެ. ރާއްޖޭގެ ވިލާތައް ގަންނަ ފަރާތްތަކުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު މީހުން ހިމެނެ އެވެ. މީގެތެރޭން ބައެއް ފަރާތްތަކުން ވިލާ ގަންނަނީ އެމީހުން އަމިއްލަ އުފަލަށެވެ. އަދި ބައެއް މީހުން ވިލާ ގަނެ ރިސޯޓުން މެނޭޖުކޮށްގެން އާމްދަނީ ހޯދަ އެވެ. މީގެ ވިލާއެއް ހަފުތާއަކަށް 100000 ޑޮލަރަށް ކުއްޔަށް ދޫކުރެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ