ނާރާ ހަތަރުވަނަ ދަރިއަކަށް ބަލިވެ
ޓިކްޓޮކްގައި ދިވެހީންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އިންފްލުއެންސަރު ނާރާ ސްމިތު ހަތަރުވަނަ ދަރިއަށް ބަލިވެ އިންކަން ހާމަކޮށްފިއެވެ. އުމުރުން 23 އަހަރުގެ ނާރާ ހަތަރުވަނަ ދަރިއަކަށް ބަލިވެއިންކަން ހާމަކޮށްފައިވަނީ އޭނާގެ ފިރިމީހާ ލަކީ ބްލޫ ސްމިތާ އެކު ދާދިފަހުން ނަގާފައިވާ ވީޑިއޯއަކާ އެކުގައެވެ. މި ވީޑިއޯގައި ދެ މީހުން އެކީގައި ތިބޭތަން ފެނިގެންދެއެވެ. އަދި، އޭނާ ބަނޑުބޮޑުކަން މި ވީޑިއޯއިން ކަށަވަރު ކޮށްދީފައިވެއެވެ. ނާރާއަށް ހަތަރުވަނަ ދަރިއެއް ލިބޭނެކަން ހާމަކޮށްފައިވަނީ އިތުރު ދަރިއެއް ހޯދުމަށް ބޭނުންނުވާކަން ހާމަކޮށްފައިވާތާ އަހަރެއް ވެސް ނުވަނީހެވެ. އޭނާ މިހެން ކުރީން ބުނެފައިވަނީ އޭނާ ތިންވަނަ ދަރިއަކަށް ބަލިވެ އިންދައެވެ. https://www.instagram.com/reel/DKpc14mR2Ru އެއަށްފަހު ތިންވަނަ ދަރިއެއް ލިބިފައިވަނީ މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. މިހާރު ނާރާ ހުރީ ހަތަރުވަނަ ދަރިއަކަށް ބަލިވެއެވެ. ނާރާއާއި ލަކީ ބްލޫ ކައިވެނިކޮށްފައިވަނީ 2020 ވަނަ އަހަރެވެ. އެ އަހަރު ދެމަފިރިންނަށް ފުރަތަމަ ދަރިއަކު ލިބުނެވެ. އެއަށްފަހު ދެވަނަ ދަރިއަކު ލިބިފައިވަނީ 2022 ގައެވެ. ނާރާއާއި ލަކީ އަށް އެންމެ ފަހުން ލިބިފައިވަނީ އަންހެން ކުއްޖެކެވެ. އޭގެ ކުރީން ދެ މީހުންނަށް ވަނީ ދެ ފިރިހެން ކުދިން ލިބިފައެވެ. އެމެރިކާގެ ޒުވާން ޓިކްޓޮކް ކްރިއޭޓަރު ނާރާ މަގުބޫލުވެފައިވަނީ އޭނާގެ ކެއްކުމުގެ ހުނަރަށެވެ. ޚާއްސަކޮށް ކައްކާ އެއްޗަކަށް ބޭނުންވާ ހުރިހާ އެއްޗެއް ވެސް އަމިއްލައަށް ތައްޔާރު ކުރުމަށެވެ. މިސާލަކަށް ބޯބާ ބޯން ބޭނުންވެއްޖެ ނަމަ އެއަށް ބޭނުންވާ ބޯބާ ވެސް އަމިއްލައަށް ތައްޔާރުކުރުމުގެ އިތުރުން ހެނދުނު ސަޔަށް ސީރިއަލް ކާން ބޭނުންވާނަމަ ސީރިއަލް ވެސް އަމިއްލައަށް ތައްޔާރުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ