ދަތުރު ފެށި ހިސާބުން ފެށިގެން ލައިވްކޮށް ހުރިހާ މަންޒަރެއް ދައްކަމުން ދިޔަ މެޑަލީންގެ ނަން ދީފައިވާ މި ޔޮޓުގައި ތިބި އެކްޓިވިސްޓުން ވަނީ އިސްރާއިލުން ފަލަސްތީނު ހިސޯރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން ގޮވާލާފަ އެވެ.
ފަލަސްތީނުގެ ރައްޔިތުން ބަނޑަށް ޖައްސައި އިސްރާއިލުން ދެމުންދާ އަނިޔާތަކާ ދެކޮޅު ދެކޮޅު ހެދުމުގެ ގޮތުން ގިނަ އަދަދެއްގެ އެކްޓިވިސްޓުން ހިމެނޭހެން ފަލަސްތީނު ސަރަހައްދަށް ދިޔަ މެޑަލީން ޔޮޓަށް އިސްތިއުމާރު ސިފައިން އަރައިގަނެފި އެވެ.
ދަތުރު ފެށި ހިސާބުން ފެށިގެން ލައިވްކޮށް ހުރިހާ މަންޒަރެއް ދައްކަމުން ދިޔަ މެޑަލީންގެ ނަން ދީފައިވާ މި ޔޮޓުގައި ތިބި އެކްޓިވިސްޓުން ވަނީ އިސްރާއިލުން ފަލަސްތީނު ހިސޯރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން ގޮވާލާފަ އެވެ. މި ދަތުރުގެ މައިގަނޑު ބޭނުމަކީވެސް މި ހިސޯރު ހަލާކޮށްލައި ދުނިޔެ އަށް މެސެޖެއް ދިނުމާއެކު ގާޒާގެ ރައްޔިތުންނަށް އެހީވެވޭނެ ގޮތެއް ހޯދުމެވެ. ނަމަވެސް މި ދަތުރު ކުރި 12 އެކްޓިވިސްޓުންނާއި ނޫސްވެރިންގެ ޓީމުން ގާޒާގެ ކައިރިއަށް ދިއުމާއެކު އިސްރާއިލް ސިފައިން ވަނީ ކޮމިއުނިކޭޝަން އާލަތްތައް ބޭނުންކޮށްގެން އެ އުޅަނދުގެ ސިންގަލް ދުއްވާލުން ފަދަ ދުއްތުރާތަށް ކޮށްފަ އެވެ. އަދި އޭގެފަހުން ރޭގެ ވަގުތެއްގައި ވަނީ އިސްރާއިލްގެ ހަތިޔާރު އެޅި ކޮމާންޑޯއިންގެ ފައުޖެއް ޔޮޓު ވަށާލައި ޔޮޓަށް އަރައި ގަނެފަ އެވެ. އިސްރާއިލްގެ ފޮރިން މިނިސްޓްރީން އާއްމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި ޔޮޓުގައި ތިބި މީހުން ތިބީ ލައިފް ޖެކެޓް އަޅައިގެންނެެވެ.
އިސްރާއިލްގެ ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްފައިވާ މި ޔޮޓު ގެންދާނީ އިސްރާއީލުގެ އަޝްދޮދު ބަނދަރަށެވެ.
ކްޓިވިސްޓް ގްރޫޕް ފްރީޑަމް ފްލޮޓިލާ ކޯލިޝަން (އެފްއެފްސީ) ގެ ނަމުގައި ހަރަކާތްތެރިވާ މި ގްރޫޕުގައި 12 މީހަކު ހިމެނެ އެވެ. މި މީހުންގެ ތެރޭގައި ތިމާވެށީގެ ސުލްހައިގެ އިނާމު ލިބިފައިވަނީ ގްރެޓާ ތަންބަގްގެ އިތުރުން މަޝްހޫރު ގިނަ ފަރާތްތަކެއްވެސް ހިމެނެ އެވެ.
އިސްރާއިލުން ގާޒާ ހިސޯރުކޮށް އާއްމުން ބަނޑަށް ޖައްސަމުންދާއިރު މިދިޔަ އަށް ދުވަހުގެ ތެރޭގައި އެކަނި ފަލަސްތީނުން 100 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެ އެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން މަރާލި ފަލަސްތީނު ރައްޔިތުންގެ އަދަދު 50،000 އަށްވުރެ ގިނަ އެވެ. މީގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި އިސްރާއިލް އިސްތިއުމާރީން ދަނީ ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ ފަރާތްތައް އަދި ނޫސްވެރިން ވެސް މަރަމުންނެވެ. އަދި ހޮސްޕިޓަލްތައްވެއސް ހަލާކު ކުރަމުންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މެޑަލީން ޔޮޓަށް އިސްރާއިލް ސިފައިން އަރައިގަނެ އެކްޓިވިސްޓުން ރަހީނުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ