ޣައްޒާއަށް އެހީ ހިފައިގެންދިޔަ ބޯޓެއް ހުއްޓުވައި، އޭގައި ތިބި އެންމެން ރަހީނުކޮށްފި

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރި ޗެރިޓީ ބޯޓެއް އިޒްރޭލުގެ ބާރުތަކުން ހުއްޓުވައި، އެ ބޯޓުގައި ތިބި 12 ފަޅުވެރިން ރަހީނުކޮށްފިއެވެ.
"މަދްލީން" ނަމަކަށް ކިޔާ މި ބްރިޓިޝް ދިދަ ނަގާފައިވާ ބޯޓަކީ ފަލަސްޠީނަށް ތާއީދުކުރާ "ފްރީޑަމް ފްލޮޓިލާ ކޮލިޝަން" (އެފްއެފްސީ) އިން ހިންގާ ބޯޓެކެވެ. 
އެފްއެފްސީގެ ޓެލެގްރާމް އެކައުންޓުގައި ބުނެފައިވާ ގޮތުގައި، ބޯޓު އެއްގަމާ ހަމައަށް ވާސިލުވުމުގެ ކުރިން ރޭގަނޑު ވަގުތެއްގައި އިޒްރޭލުގެ ބާރުތަކުން ވަނީ ބޯޓަށް އަރާފައެވެ. 
އިސްރާއިލު ސިފައިން ރަހީނުކުރި، 12 ފަޅުވެރިންގެ ތެރޭގައި ސުވީޑަންގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކެމްޕެއިނަރ ގްރެޓާ ތުންބަރގްއާއި، ޔޫރަޕިއަން ޕާލިމެންޓުގެ ފްރެންޗް މެމްބަރު ރީމާ ހަސަން ހިމެނެއެވެ.
"ފްރީޑަމް ފްލޮޓިލާގެ ފަޅުވެރިން އިޒްރޭލުގެ އަސްކަރިއްޔާއިން ރަހީނު ކުރީ ދަންވަރު 2 ގައި،" ރީމާ ހަސަން އެކްސްގައި ކުރި ޕޯސްޓެއްގައިވެއެވެ.
އޭނާ ޝާއިޢުކޮށްފައިވާ ފޮޓޯއެއްގައި ހުރިހާ ފަޅުވެރިން ތިބީ ލައިފް ޖެކެޓް އަޅައިގެން، އަތް މައްޗަށް ނަގައިގެން ބޯޓުގައި އިށީނދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ